ފާއިތުވި ތިން ދުވަސް ތެރޭގައި އިސްރާއީލްގެ އެކި ސަރަހައްދުތަކުގައި ހާހަކަށް ވުރެ ގިނަ އަލިފާންގަނޑުތައް ރޯވެފައިވާ ކަމަށް އިސްރާއީލްގެ މީޑިއާތަކުން މިއަދު ބުނެފިއެވެ.

އިސްރާއީލްގެ ކަމާބެހޭ އޮފިޝަލުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން މިއަދު ބުނީ ތިން ދުވަސް ތެރޭގައި ޖުމްލަ 1023 އަލިފާންގަނޑު އިސްރާއީލްގެ އެކި ސަރަހައްދުތަކުގައި ރޯވެފައިވާ ކަމަށެވެ. އޭގެތެރެއިން ބައެއް އަލިފާންގަނޑުތައް ނިއްވާލެވިފައި ވީނަމަވެސް އަދިވެސް ގިނަ އަލިފާންގަނޑުތައް ކޮންޓްރޯލް ނުކުރެވި އަނދަމުން އެބަދެއެވެ.

އިސްރާއީލްގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބުން މިހާރު ގެންދަނީ ބަލަމުންނެވެ. އަލިފާން ރޯވާން ފުރަތަމަ މެދުވެރިވީ ކަރަންޓް ޝޯޓެއްގެ ސަބަބުންތޯ ނުވަތަ ޣައްޒާ އިން ފުއްޕާހަމުގައި އަލިފާން ބޯޅަ ހަރުކޮށްފައި އިސްރާއީލަށް ދޫކުރީތޯ ތަޙްޤީޤު ކުރަމުންދާ ކަމަށް އިސްރާއީލުން ބުނެއެވެ.

ފާއިތުވި ތިން ދުވަސް ތެރޭގައި އަލިފާން ރޯވެގެން އެތައް ހާސް ބަޔަކު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަަދަލުކޮށްފައެވެ. ހޫނު ގަދަވުމުގެ ސަބަބުން އެކަކު މަރުވެފައި ވާއިރު އަލިފާނުގެ ސަބަބުން ފިހިގެން ކުޑަ ކުއްޖަކު ވެސް މަރުވެފައި ވެއެވެ. އަލިފާނުގެ ސަބަބުން 13 މީހަކަށް އަނިޔާ ވެފައިވެއެވެ.

ހޫނު ގަދަވުމުގެ ސަބަބުން އިސްރާއީލްގެ އެކި ސަރަހައްދުތަކުގައި އަދިވެސް އަލިފާން ރޯވެ، އިތުރަށް އަލިފާންގަނޑުތައް ފެތުރުމުގެ ބިރު އެބައޮތެވެ. މިއަދު ވެސް އިސްރާއީލްގެ ގިނަ ސަރަހައްދުތަކުގައި ހޫނު މިން ހުންނާނީ 45 ޑިގްރީ ސެލްސިއަސްގައި ކަމަށް ލަފާކުރެވެއެވެ.

މިސްރު، ސައިޕްރަސް، ގްރީސް، އިޓަލީ އަދި ކްރޮއޭޝިއާ އިން ދަނީ އިސްރާއީލްގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢެއަށްވުރެން

    ޢެއައްވުރެން ސެކިއުރިޓީ ގަދަ ބަޔަކު ނުތިބޭނެ ، އެކަމަކު ޢައްޒާއިން އަލިފާންބޯޅަ ފޮނުވަނިއްޔޭ !!!!! ޢޭބަލަ 45 ޑިގްރީއަށްވުރެން މައްޗައް ހޫނުގަދަވެގެން ރޯވީމަ ތިމާމެންކުރާ ކަންކަމުގެ ނަތީޖާއޭ ބުނަންނުކެރި މީހުންގެބޮލަށް ޖަހަން ތިއުޅެނީ ! ދެން ހަމަލާދޭންފަށާނެ އަލިފާންބޯޅަ ފޮނުވުމުގެދޮގު ތުހުމަތުގަ !! ޢިސްރާއީލުގެ މިހާލަތުގައި ހާލުގައި ޖެހިފައިތިބި ޔަހޫދީންނަށް ފަލަސްތީނުން އެހީވީމަވެސް މިސިފައިންނާއި ސަރުކާރަށް އެކަން ހަޖަމްނުވި....

  2. ހުސޭނުބޭ

    ޔާﷲ މި އަލިފާނަކީ ފަލަސްތީނުގައި އަނިޔާލިބެމުންދާ އަޅަމެންގެ އަޚުންނަށް ހިތަށް ފިނިކަމެއްކަމުގައި ލައްވާންފާނެދޭއެވެ! އަދި އެއީ ނުލަފާ ޔަހޫދީންނަށް ކެތްނުކުރެވޭ ވޭނެއްކަމުގައިވެސް ލައްވާފާންދޭއެވެ!

    49
    3
  3. ކާފަ

    މުޅިއިސްރާއިލް އަނދާހުލިވެ މުޅިދުނިޔެއަށް އިބްރަތެއް ކަމުގައި ލައްވާށި

    40
    2
  4. ހަބީބު

    ކޮއްމެސްދުވަހަކުން ނަމަވެސް މާއްﷲގެކޯފާއިސްރާއީލައްއަނާނެ ﷲއިރާދަކުރެއްވިއްޔާމިކޯފާގެސަބަބު ފަލަސްތީނުގެރައްޔެތުންނަނަސްރުދެއްވާދޭވެ އާމީން