އިންޑިޔާއި ނިމިގެންދިޔަ އާއްމު އިންތިޚާބުގައި އެގައުމުގެ ގާނޫނުހަދާ މަޖިލީހަށް ހޮވުނު މެންބަރުންގެ 40 އިންސައްތަ އަށް ވުރެ މަތީ އަދަދެއްގެ މެންބަރުންނަކީ އެކިވަރުގެ ޖިނާއީ ދައުވާ އުފުލިފައިވާ ބޭފުޅުންކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އޭޑީއާރ ނަމަކަށް ކިޔާ ޖަމާއަތަކުން ބުނީ އެ ޖަމާއަތުގެ ހޯދުންތަކުން ދައްކާގޮތުގައި އަލަށް ހޮވުނު މެންބަރުންގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ތެރޭގައި މީހުންމެރުމާއި، ރޭޕްކުރުން ފަދަ ބޮޑެތި ކުށްތަކުގެ ދައުވާވެސް ހިމެނެއެވެ.

މިއިންތިހާބުގައި ހޮވުނު 542 މެންބަރުންގެ ތެރެއިން 233 މެންބަރެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލިފައިވާއިރު އިދިކޮޅު ކޮންގްރެސް ޕާޓީގެ ފަރާތުން ހޮވުނު އެއް މެންބަރެއްގެ މައްޗަށް ފޭރުމާއި، މީހުންމެރުމުގެ ދައުވާފަދަ ބޮޑެތި ދައުވާއާއެކު ޖުމްލަ 204 ދައުވާ އުފުލިފައި ވެއެވެ.

އަދި މީގެ އިތުރުން ބީޖޭޕީ ގެ ފަރާތުން ހޮވުނު 303 މެންބަރުންގެ ތެރެއިން 116 މެންބަރުންގެ މައްޗަށް ވަނީ ޖިނާއީ ބޮޑެތި ދައުވާ އުފުލިފައެވެ.

އޭޕްރިލް މަހުގެ 11 ވަނަ ދުވަހުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގައި ކުރިއަށް ގެންދިޔަ އެ ގައުމުގެ އާންމު އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިން މެޝީންސް (އީއެމްވީޒް)ގައި ވޯޓުލުން ކުރިއަށްދިޔައިރު މައްސަލަ ޖެހުނު ކަމުގެ ރިޕޯޓްތައްކެއް ލިބިގެން ޖަމިއްޔާއަކުން ހުށަހެޅި މައްސަލަ ބަލައިގަތުމަށް އިންޑިއާގެ ސްޕްރީމު ކޯޓުން ވަނީ އިންކާރުކޮށްފައެވެ.

މި ޖަމިއްޔާއިން ހުށަހެޅި މައްސަލަ ބަލައިގަތުމަށް އިންކާރުކޮށް ސްޕަރީމް ކޯޓުގެ ފަޑިޔާރުން މި މައްސަލަ ބޭރުކޮށްލިއިރު މިފަހަރުގެ އާންމު އިންތިހާބަކީ އިންޑިއާގެ ތާރީހުގައިވެސް އިލެކްޓްރޯނިކް ވޯޓިންގް މެޝިންތަކަށް ބޭނުން ކޮށްގެން ކުރިއަށް ގެންދިޔަ ފުރަތަމަ އިންތިހާބެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަޒީރު

    ދިވެހިރާއްޖޭގައި މަޖުލިހަށްހޮވުނު 60 ޕަސެންޓަކީ ޅޮހުން. އެހެންވީމަ އޯކޭނު؟

    23
  2. ލޯންސްޓަރ

    އަހަރެމެންގެ މިގައުމުގެވެސް ހާލަކީތީ.. ފަނޑިޔާރުން ވަގަށްނަގާފަ ހުރި ޓެރެރިސްޓަކާ އަނބިމީހާއަށް އަނިޔާކުރާމީހަކާ ގޭގަ ގެންގުޅޭ ކުދިންނަށް އަަނިޔާކުރާމީހަކު މިފަހަރު ވަނީ އިންތިޙާބުވެފް. ހަމަ އެހެންމެ މަސްތުވާތަކެތީގެ ބޭނުންކުރަމުންދާ މީހުނާއި، ދައުލަތައް މިލިއަނުން ޓެކްސް ނުދައްކާތިބި މަހުޖަނުންނާއި، ގޭންގުތަކުގެ މީހުނާއި، މަގުމަތީގަ ގާއުކަންއުޅުނު އެކްޓިވިސްޓުންވެސް މީގެ ތެރޭގަ ހިމެނޭކަން އުފަލާއެކު ފާހަގަކޮށްލެވޭ.

    55
    5
  3. ނަވާރަ

    އެޖެންޑާ2019 މުޖުރިމުންގެމަޖްލިސް

    24
    1
  4. ޖާބިރ

    އިންޑިއާގެ ބީޖޭޕީ އާ ރާއްޖޭގެ އެމުޑީޕީ އާ ހަމަ އެކައްޗެއްތީ ދެޕާޓީގަވެސް ތިބޭނީ ކުށްވެރިން

    11
    2
  5. މަޒްލީން

    ބުދަށާއި ގެރިޔައް އަޅުކަން ކުރާ މިކަހަލަ ގައުމުތަކުން ނަމޫނާނަގާކަށެއް ނުޖެހޭ.. މި ފަދަ މީހުންނަކީ މާ މޮޅުގަދަރު ހުރި ބަޔެއްކަމުގައި ބަލައިގެން އެމީހުންގެ ފިޔަވަޅުތަކުގެ ފަހަތުން ހިނގާތީ އަހަރެމެންގެ މުޖުތަމައުވެސް ހަލާކުވެފިތުނަވެރިވެގެން މިދަނީ. ބުއްދީގެ އަހުލުވެރީންނައް މިކަމުގެ ހަގީގަތަ ފަހުމްވަނީ..

    8
    1
  6. ރައްޔިތު ކަލޯ0

    ލޯންސްޓާރ ގެ ކޮމެންޓަށް ތާއީދު. ޢިތުރަށް ބުނެލަން ބޭނުމީ ވޭތުވެދިޔަ މަޖްލިސްގެ ދައުރާއި މިފެށުނު ދައުރުގެ މެމްބަރުކަމަށް ހޮވިފައިތިބި މެމްބަރުންނަށް ބަލާއިރު ރިސޯޓުތަކުގެ ރޫމް ބޯއި އިންނާއި ވެއިޓަރުން ޕިކަޕް ޑްރައިވަރުންނާއި ޓެކްސީ ޑްރައިވަރުން އަދި ކުންފުނިތަކުގެ ސަރުދާރުން ހިމެނެއެވެ. ޢެންމެ ހެއްވާކަމަކީ މީން މީހަކު 1 ދައުރު ފުރިހަމަކުރީމަ މުޅި އުމުރައް މަހަކު 25000 ރުފިޔާ 2 ދައުރު ފުރިހަމަކުރީމަ މުޅި އުމުރަށް 35000 ރުފިޔާ ( އުމުރުން 55 އަހަރު ވުމަށްފަހު ) ލިބޭގޮތަށް އަމިއްލައަށް ފާސްކޮށްގެން ހަރާން ފައިސާ ކެއުމެވެ. މިފައިސާ ދެނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާ އިންނެވެ .