ޖަޕާނުގެ ވެރިކަންކުރާ ޓޯކިޔޯގެ ޕާކެއްގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންތަކަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ބައިނަލްއަޤުވާމީ ނޫސްތަކުގައި ބުނެފައިވާގޮތުގައި މި ހާދިސާގައި މަދުވެގެން 15 ކުއްޖަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދަނީ ފަރުވާދެމުންނެވެ. އޭގެތެރެއިން ދެ ކުއްޖެއްގެ ހާލު ސީރިއަސް ކަމަށް އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ. މި ހާދިސާގައި ކުޑަކުދިންގެ އިތުރުން އިތުރު ބަޔަކަށްވެސް އަނިޔާ ލިބިފައިވާ ކަމަށް ވެއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި މި ލޭއޮހޮރުވުމުގައި އެކުދިންނަށް ހަމަލާ ދިނީ ޕާކުގައި އެކުދިން ތިއްބައި އެތަނަށް ދިޔަ ފިރިހެނެއް ކަމަށް ވެއެވެ. މި ހާދިސާ އާއި ގުޅުން ހުރި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް އޭނާ އާއި ބެހޭ މައުލޫމާތެއް އޮފިޝަލުން ހާމައެއް ނުކުރެއެވެ.

އެފަރާތްތަކުން ބުނެފައި ވަނީ ކުދިންނަށް ހަމަލާ ދިން ސަރަޙައްދުން، ހަމަލާ ދިނުމަށް ބޭނުންކުރި ދެ ވަޅި ވެސް ހޯދާފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި އޭނާ ޕާކުގައި ތިބި ކުދިންނަށް ހަމަލާ ދިނީ ދެއަތުން ދެ ވަޅި ހިފައިގެން ގޮހެވެ.

މި ހާދިސާ އާއި ގުޅިގެން ހައްޔަރުކުރި މީހާ ވަނީ ފުލުހުން އޭނާ ހައްޔަރު ކުރަން އުޅުނު ވަގުތު އަމިއްލަ ކަރަށް ވަޅި ހަރައިގެން މަރުވާން އުޅެފައެވެ. މިކަމާއި ގުޅިގެން ލިބުނު އަނިޔާއަށްފަހު އޭނާ ހޭނެތިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓޯކިޔޯގެ ފުލުހުން މިހާރު ދަނީ މި ހާދިސާ ހިނގި ޕާކު ހިމެނޭ ސަރަޙައްދު ބަންދުކޮށް އެތަނުގައި ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީހާ

    ތިވާނީ ޖަޕާނުގައި އައިސިސް ހަރަކާތް ތެރިވާން ފެށީކަމަށް

    6
    3
  2. ވަހުތާނު އަހުމަދު

    ލަންކާއިން ހުދުކުލައިގެބޯޓެއްގަ ނައްޓާލިކަމަށްއެބުނާ މީހުންނޫންބާ ؟

    6
    3