އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ފެއިލްވެ އެޤައުމުގެ ޤާނޫނު ހަދާ މަޖިލީސް އުވާލައިފިއެވެ.

އިސްރާއިލްގެ ޤާނޫނު ހަދާ މަޖިލީސް އުވާލާފައި ވަނީ، ސަރުކާރެއް އެކުލަވާލަން ނަތަންޔާހޫއަށް ލިބުނު ފުރުސަތުގައި އޭނާ އާއި އެކު ކޯލިޝަން ހަދާނެ ބައިވެރިޔަކު ނުވެ، މަޖިލީސް އުވާލަން ނެގި ވޯޓުގައި އެގޮތަށް ފާސްވުމުންނެވެ.

އިސްރާއިލްގެ ޤާނޫނު ހަދާ މަޖިލީސް އުވާލަން ފާސްވުމާއެކު އެޤައުމުގައި އަންނަ ސެޕްޓެމްބަރު މަހު އާންމު އިންތިޚާބެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އިސްރާއިލްގައި ޤާނޫނު ހަދާ މަޖިލީސް އުވާލަން ވޯޓެއް ނަގާފައި ވަނީ ސަރުކާރެއް އެކުލަވާލަން ނަތަންޔާހޫއަށް ލިބުނު ވަގުތު މިރޭ ހަމަވުމާއި ގުޅިގެންނެވެ. ކޯލިޝަން ހަދާނެ ޕާޓީއެއް އޭނާއަށް ނުލިބުމާއި އެކު އޭނާގެ ހުށަހެޅުންތަކަށް ޕާޓީތަކުން ވަނީ ދެކޮޅު ހަދާފައެވެ.

ޤާނޫނު ހަދާ މަޖިލީސް އުވާލަން ފާސްކުރި ކުރުމާއެކު އިސްރާއިލްގައި ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ނަތަންޔާހޫ ނިސްބަތްވާ ޕާޓީ ނޫން ޕާޓީއަކަށް ދިނުމުގެ ބާރު އެޤައުމުގެ ރައީސަށް މިހާރު ލިބޭނެއެވެ.

ނަތަންޔާހޫ އަށް އިސްރާއިލްގައި ސަރުކާރެއް އެކުލަވާނުލެވި ފެއިލްވެފައި ވަނީ، އޭނާއަސް ޚާއްސަ އިމްތިޔާޒުތަކެއް ލިބޭގޮތަށް ޤާނޫނު ހަދާ މަޖިލީހުން ޤާނޫނު ހަދަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ. އެކަމާއި ދެކޮޅަށް އަޑު އުފުލި ފަރާތްތަކުން ނަތަންޔާހޫއަށް ފާޑުކިއުން އަމާޒުކޮށް ބުނަމުން ދިޔައީ އެފަދަ ޤާނޫނުތައް ފާސްކުރުމަކީ ޑިމޮކްރެސީ މަރާލުން ކަމަށެވެ.

ނަތަންޔާހޫ ބޭނުންވާ ގޮތަށް ޤާނޫނު ހެދުމުގެ ބާރު އޭނާގެ އަތުން ގެއްލި ފެއިލް ވެފައިވާއިރު، އޭނާއަށް ޖަލު ޙުކުމެއް އައިސްދާނެ ކަމަށް ބެލެވެއެވެ. ބޮޑުވަޒީރަށް ޚާއްސަ އިމްތިޔާޒުތަކެއް ޤާނޫނުން ގެނެސްދިނުމަށް އޭނާ މަސައްކަތް ކުރަމުން ދިޔައީ މި ސަބަބާއި ގުޅިގެންނެވެ.

ނަތަންޔާހޫގެ މައްޗަށް ތުހުމަތު ކުރެވޭ ތިން މައްސަލައިގެ ތަޙްޤީޤު ނިންމާ މިހާރު އޮތީ ޝަރީޢަތް ފެށުމުގެ މަރުހަލާގައެވެ. ތިން މައްސަލައިގައި ވެސް ފުލުހުން ވަނީ ނަތަންޔާހޫގެ މައްޗަށް ގިނަ ހެކިތަކެއް ހޯދާފައެވެ.

އިސްރާއީލްގެ ބައެއް ބޮޑުވަޒީރުން މަގާމުގައި ތިއްބާ މީގެ ކުރިން ވެސް ޖަލަށް ލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޕިސްޕިސް

  ރާކަނިމަސް ކެވިފަ ހުންނާނީ މިހާރު

  67
 2. މުމްތާޒްބޭ

  އެންމެނުބައި ޔަހޫދީންވެސް ޤަވްމުދެކެލޯބިވޭ، ދަވްލަތަށާއިރައްޔަތުންނަށް ޚިޔާނާތްތެރިވެ ކޮރަޕްޓް ވެއްޖެނަމަ ބޮޑުވަޒީރަކަސް ރައީސަކަށް އިންސާފުގެކުރިމައްޗަށް ގެނައުމަށް ފުލުހުންނާއި ފަނޑިޔާރުންވެސް އިޚްލާޞްތެރިކަމާއެކު ވާޖިބް އަދާކުރޭ، އަހަރެމެންގެ ރާއްޖޭގައި މިފަދަ މަންޒަރެއް ނުފެންނަނީ ކީއްވެ؟

  29
  1
 3. ރާއްޖެ

  މި ކަމާ އެންމެ ހިތާމަ ކުރާނީ ސައުދީ އަރަބިއާ އާއި ދިވެހިރާއްޖެ.

  28
  2
 4. ޖައުފަރު

  ފާޑުކިއުން އަމާޒުކޮށް ބުނަމުން ދިޔައީ އެފަދަ ޤާނޫނުތައް ފާސްކުރުމަކީ ޑިމޮކްރެސީ މަރާލުން ކަމަށެވެ. އާނ ޑިމޮކްރަސީ ދޯ ފޭރިގަތުމަކީ ޒަޔަނިސްޓް ޑޯގްސް 1

  20
 5. ޢަހުމަދު

  ޢިބްރަތެއް

  21
 6. އަޙްމަދް

  ނަތަން ޔާހޫ ފެއިލް ވީމާ ކޮމެންޓް ކުރާމީހުން އުފާވަނީ ކޮންސަބަބަކައި ލައިގެންތޯ؟
  ޔަހޫދީންގެ ތެރޭގައި ނަތަން ޔާހޫއެކޭ
  އެެރިއަލް ޝެރޯން އެކޭ،
  އިހޫދު ބަރަކް، އެކޭ އަދި
  ޝިމޯން ޕެރޭޒް އެކޭ ހުރި ކޮންތަފާތެއްތޯ އެވެ. މި އެއްމެންނަކީވެސް ފަލްސްޠީންގެ ބިން ފޭރިގަތުމުގައި ގަދައަޅާ މަސައްކަތް ކޮއްފައިވާ އެއްވެސް ތަފާތެއް ނެޠް މުޑުދާރު ޔަހޫދީންނެވެ!
  ތިބޭފުޅުން ނަށްޙީފުޅުވަނީ ތޯއެވެ ދެން އައްނަ ޕްރައިމިންސްޓަރަކު ފަލަސްޠީނަށް ދޫ ދެއްވާ ސުލްޙަގާއިމު ކުރާނެއޭ!؟
  އަހަރެން ބުނާނަނީ ނޫނެކޭއެވެ، އެއީ ހަމަހިލާ ޔަހޫދީން ކުރާނެ ކަމެއްނޫނެވެ.

  17
  1
 7. ރައްޔިތުމީހާ

  މި ދިވެހި ރާއްޖޭގައި ވެސް ހަމަ ތި ގޮތަށް ތިކަން ހިނގާނެ

  11
  1
 8. ނުރަބޯ

  ދިވެހިރާއްޖޭގެ ޙާލަތު މިއާ މުޅިންތަފާތެވެ. ވެރިކަން މިހާރު ލިބިފައިވާ ޕާޓީ ވެރިކަމަށް އައީވެސް މަކަރާ ޙީލަތުން ކަން ވަރަށްސާފެވެ އެކަމަކު ކުރެވުނުކަމެއް ނެތެވެ. މަޖްލިހުގެ މެޖޯރިޓީ ހޯދީވެސް ހަމަ މިފަދަގޮތަކަށެވެ އެކަމަކު ކުރެވުނު ކަމެއް ނެތެވެ. ރައްޔިތުންގެ ސީދާ ވޯޓަކުން ރައްޔިތުން ހޮވާފައިވާ ރިޔާސީ ނިޒާމު އެއްލާލާފައި ޚުދުމުޚުތާރު ވެރިކަމަކަށް މަގުފަހިވާގޮތަށް ބަރުލަމާނީ ނިޒާމު ގެންނަން އުޅުނީމާވެސް އެކަމާ ބަޔަކު ކަންބޮޑުވެގެން އުޅޭތަނެއް ނުފެނެއެވެ. ވާހަކަޔަކީ ވެރިކަމުގައި ތިބިމީހުން ކޮންމެ ގޮތަކަށް ކަންކުރިޔަސް ކުރަން އުޅުނަސް އެންމެން ތިބެނީ “އެޅިހާ ބަތަކަށް ރިހަ” ވެގެން ކުޅިބަލާށެވެ.