އިންޑިއާއިން އަޅުވެތިކޮށްފައިވާ ކަޝްމީރުގައި އިންޑިއާ ސިފައިން ދިން ހަމަލާ ތަކުގައި ޒުވާނަކު ޝަހީދުވެއްޖެއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި އިންޑިއާ ސިފައިން ކަޝްމީރުގެ ގެތަކަށް ވަދެ ކުޑަކުދިނާއި އަންހެނުނަށް އަނިޔާ ދެމުންދާކަމަށް ބުނެ އާންމުން ނިކުމެ މުޒާހަރާ ކުރުމުން އިންޑިއާ ސިފައިން ދިން މި ހަމަލާތަކުގައި 100 ވުރެ ގިނަ ކަޝްމީރީ މުސްލިމުން ވަނީ ޒަހަމް ކޮށްލާފައެވެ.

އެއްވެސް އިންޒާރެއް ދިނުމަކާއި ނުލައި އިންޑިއާ ސިފައިން ވަނީ އެމީހުންނާއި ދިމާލާ ލައިވް ވަޒަނުގައި ބަޑި ޖަހައި ކަރުނަ ގޭސް ޖަހާފައެވެ.

އިންޑިއާ ސިފައިން ކަޝްމީރު އަޅުވެތި ކުރި ފަހުން ވަނީ ކަޝްމީރުގެ ކުށެއް ނެތް 70000 މީހުން ޝަހީދުކޮށްލާފައެވެ.

މިހާރު އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރަކީ ޕާކިސްތާނުގެ ބައެއް ކަމަށް ޕާކިސްތާނުން ބުނެއެވެ. 1989 ވަނަ އަހަރުން ފެށިގެން ހަނގުރާމަވެރިން ދޭތެރެ ދޭތެރެއިން އިންޑިއާ ސިފައިންނަށް އަމާޒުކޮށް ހަމަލާތައް ދެއެވެ. ކަޝްމީރުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިން ވަކާލާތު ކުރަނީ ކަޝްމީރަކީ ވަކި ގައުމަކަށް ހަދާށެވެ.

1990 އަހަރުން ފެށިގެން އިންޑިއާއިން ކަޝްމީރުގައި ހިންގާ ގަތުލުއާންމާައި މި ގަތުލުއާންމުތަކުގައި އަނިޔާ ލިބުނު އަދި މަރުވި މީހުންނަށް އިންސާފު ހޯދައިދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލު ހޯދަން އދ ގެ ތިން ސްޕެޝިއަލް ރެޕެޓުއަރުން ލިޔުމުން އެދުމުން އިންޑިއާއިން ވަނީ ޖަވާބުދާރީވާން ދެކޮޅު ވެސް ހަދާފައެވެ.