އަވަށްޓެރި ސްރީލަންކާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ސަތޭކައަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ވަގުތީ ހިޔާތަކަށް ބަދަލުވާން ޖެހިއްޖެއެވެ.

ފަތުރުވެރިންގެ މެދުގައި މަޤުބޫލު ނުވަރައެލިޔާގެ އަވަށެއް ކަމަށްވާ ތަލަވައްކެލެ ގައި ރޭ ހިނގި މި ހާދިސާގައި 24 އާއިލާއަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދިޔަ އެމީހުންގެ ގެދޮރު އަނދާފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ބުނެއެވެ. ނަމަވެސް އަލިފާނުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ރޭ 10:00 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ، އެ ސަރަޙައްދުގައި ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ އާލާތެއްގައި ޝޯޓުވެގެން ކަމަށް މި ހާދިސާ ތަހުޤީޤު ކުރާ އޮފިޝަލުން ބުނެފައި ވެއެވެ. މި ހަދިސާގައި ގިނަ އަދަދެއްގެ ގެތަކަށް އަލިފާނުގެ އަސަރުކޮށް ރޯވީ، ކައިރި ކައިރީގައި ގެތައް ހުރުމުން ފަސޭހަކަމާއެކު އަލިފާން ފެތުރުމުން ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

މި ހާދިސާ އާއި ގުޅިގެން ގެދޮރުދޫކޮށް ދާން ޖެހުނު ފަރާތްތަކަށް ނުވަރައެލިޔާގެ ކައުންސިލުން ވަނީ ވަގުތީ ހިޔާވަހިކަންދޭ ހޯލެއް ތައްޔާރުކޮށް އެތަނުގައި އެމީހުންނަށް ތިބުމުގެ ފުރުސަތު ދީފައެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ އާންމުންނާއި ކައުންސިލުން، ހާލުގައި ޖެހިފައިވާ މީހުންނަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދެމުން ދާއިރު، ނުވަރައެލިޔާގެ ސިޔާސީ އިސް ފަރާތްތަކުންވެސް އެމީހުންނާއި ބައްދަލުކޮށް ހާލު ބަލާފައި ވެއެވެ.

މިއީ ފަހުގެ ތާރީޚެއްގައިވެސް މި ސަރަޙައްދުގައި ހިނގި މިފަދަ އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. މި ހާދިސާ އާއި ގުޅިގެން އިދާރާތައް ގުޅިގެން ޚާއްސަ ތަހުޤީޤެއް ހިންގަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާައަހަންމަދު.

    ދެދޮރު އެދިއިރުވެސް އަނިޔާއެއްނުވޭ. ޚޮންކަހަލަ ވާހަކައެއް.

    4
    1
  2. ހޯރަ

    ކޮން ދެދޮރެއް އެނދިވާހަކަ!

  3. މައިކާ

    ???