އަތުލި ހަތިޔާރު އަބުރާ ދިނުމަށް އެދި މެކްސިކޯގައި ގްރޫޕަކުން ސިފައިންތަކެއް ރަހީނު ކޮށްފިއެވެ.

މެކްސިކޯގެ މިޗިގަން ސްޓޭޓްގައި ހިންގި ކުރިމަތިލުމެއްގައި މެކްސިކޯގެ އަސްކަރީޔާއިން ވަނީ ހަތިޔާރު އެޅި ގުރޫޕަކާއި ކުރިމަތިލައި އެމީހުންގެ ވެހިކަލްތަކާއި އެކު އެމީހުންގެ އަތުގައިވާ ހަތިޔާރު އަތުލާފައެވެ. މި ކުރިމަތިލުމުގައި ހަތިޔާރު އެޅި ގުރޫޕުގެ ދެމީހުން ޒަހަމުވިއެވެ.

ސިފައިން އެމީހުންގެ އަތުން ހަތިޔާރު އަތުލިތާ މާގިނަ އިރުތަކެއް ނުވަނީސް އެ ގުރޫޕުގެ މީހުން ވަނީ އަބުރާ ސިފައިން ކުޑަ ކަކޫ މައްޗަށް ތިރިކުރުވައި ރަހީނުކޮށް ހަތިޔާރު އަނބުރާ އަތުލާފައެވެ.

ގުރޫޕަކުން މެކްސިކޯގެ ސިފައިންތަކެއް ރަހީނު ކުރި ވީޑިއޯ މީސް މީޑިއާގައި އާންމުވެފައިވާއިރު މީސް މީޑިއާގައި މި ވީޑިއޯއަށް ކޮމެންޓް ކުރި މީހުނަ ބުނިގޮތުގައި ހަތިޔާރު އެޅި ގުރޫޕުގެ މީހުންނަކީ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ކާޓެލް އަކަށް ނިސްބަތްވާ މީހުންނެވެ. އަނެއް ބައިމީހުން ބުނަނީ މިއީ ހަތިޔާރު އެޅި އާންމު ރައްޔިތުންނެވެ. މީގެ އިތުރުން މެކްސިކޯގެ ސިފައިންގެ ފިނޑިކަން މި ހާދިސާއިން ފެނިގެން ދިޔަ ކަމަށް އަނެއް ބަޔަކު ދެކެއެވެ.

މެކްސިކޯގެ ސިފައިން ދިފާއުގައި ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ހަތިޔާރު އެޅި ގުރޫޕަށް އަމާން ދިނީ ކުރިމަތިލުމަކަށް ގޮސްފިނަމަ ގިނަ ބަޔަކު މަރުވާނެތީ މަޑުމަތިރިކަމާއިއުކު ކަންކަން ހައްލުކުރުމަށް ކަމަށެވެ.

މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ ކޮކޭން އާއި ހެރޮއިން ފަދަ އެއްޗެހި ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވުމުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެއް ގައުމަކީ މެކްސިކޯ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެންޓި ޕޮލިސް

    ރާއްޖޭގެ ފުއްޕާފަ އުޅޭ ޕޮލިހުންވެސް މިކަން ދެނަގަނެގެން އުޅޭ. ކަލޭމެން ބޭނުން ހާ ވައްތަރަކައް ފުއްޕާފަ ތިއުޅެނީ ތިމައްނަމެން އަތުގަ ބާރު އޮވެޔޭ ކިޔާފަ. މެކްސިކޯގެ މިލިޓްރީ އައް ކޮށްލި ވަރު އެއޮތީ. އަދި ކަލޭމެން ތީ ކޮން ބައެއް!

    12
    27
  2. ބޮލި މުލައް

    ރާއްޖޭގަވެސް އިމުރާނުމެން ނުކުމެ ހެދިއެއްނު ތިހެން. މޭޑޭޔޯ ހުހް

    15
    1
  3. މަހަމޫދު

    ދުނިޔޭގެ ހުރިހާ އަޝްކަރިއްޔާތައް ހުރި ލަދުވެތިކަމެއް ތިޔަ މީހުން ތިކުރީ. އަޝްކަރީ ކިޔާވަރެއް ނުވޭ.

    19
  4. ސދފ

    ބޮޑަށް ވައްތަރީ ރޭވުމެއްގެ ދަށުން ކުރިކަމަކާ.

    12
    2
  5. ޝަޝާ

    އޭ ބުރޯ، އަހަރުންގެ މިލިޓަރީ އާ އަދި ޕޮލިސް މި މެކްސިކޯއަށް ތުރެ ފެންވަރު ރަނގަޅޭ! ތިހެން ކިޔާހާ އަންގަ އަރުވާ އިރު، އިހައް ދުވަހަކު ކަލޭމެންގެ 15 މީހުންގެ މާރާ މާރީއެއް 2 ޕޮލިހުން އައިސް ހުއްޓުވީ! ހެ ހެ ހެ