13 މީހުންނާއެކު ދަތުރުކުރި އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ގެއްލިއްޖެއެވެ.

އިންޑިއާއިން އައްސާމްގެ އެއާ ބޭސްއިން ދަތުރުކުރި، އޭއެން- 32 މަރުކާގެ ފްލައިޓް ގެއްލިފައި ވަނީ ޗައިނާ ބޯޑަރު ކައިރިންނެވެ. މިއަދު މެންދުރުފަހު ފްލައިޓް ރާޑަރަށް ގެއްލުނު އިރު، އެ ފްލައިޓްގައި ވަނީ 13 މީހަކު ދަތުރު ކޮށްފައެވެ. ފްލައިޓް ނައްޓާލިތާ ގިނަ އިރުތަކެއް ނުވެ، ރާޑަރަށް ގެއްލިފައިވާ އިރު، އިންޑިއާގެ އަސްކަރީ ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން ފްލައިޓް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެއްގަމު މަގުންވެސް ގެއްލުނު މީހުން ހޯދުމުގެ ޚާއްސަ އޮޕަރޭޝަނެއް އިންޑިއާ އަސްކަރިއްޔާއިން މިހާރު ފަށާފައިވާއިރު، އެމީހުން ހޯދުމަށް މިރޭވެސް ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާނެ ކަމަށް އިންޑިއާގެ އެއާފޯސްއިން ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.

އެއާފޯސްއިން ބުނިގޮތުގައި، ފްލައިޓް ވެއްޓުނު ކަމަށް ބުނާ ސަރަޙައްދަކާއި ބެހޭ މައުލޫމާތު ލިބިގެން ސިފައިން ހަރަކާތްތެރިވެފައިވާއިރު، އެ މައުލޫމާތަކީ ހަޤީޤަތެއް ނެތް މައުލޫމާތެއް ކަމަށެވެ.

މި އޭއެން-32 ނައްޓާލީ އިންޑިއާގެ އައްސާމްގެ ޖޯރަތް ނަމަކަށްކިޔާ އަވަށެއްގެ އެއާޕޯޓަކުން، އެޤައުމުގެ ފަރުބަދަމަތީ ސަރަޙައްދެއް ކަމަށްވާ މެޗޫކާއަށެވެ. މި ފްލައިޓާއި އިންޑިއާގެ އިދާރާތަކާއި ގުޅުން ކެނޑުނީ، ފްލައިޓް ނައްޓާލިތާ 32 މިނެޓު ފަހުންނެވެ.

މިއަދު އިންޑިއާގެ އަސްރީ ފްލައިޓެއް ގެއްލިގެން ހޯދަމުންދާއިރު، 2016 ވަނަ އަހަރުވެސް މިފަދަ އަސްކަރީ މަތިންދާ ބޯޓެއް އެޤައުމުގައި ގެއްލިފައި ވެއެވެ. އެ އަހަރު ޖުލައި މަހުގެ ތެރޭގައި ގެއްލުނު އެ ފްލައިޓު ހޯދުމުގެ މަސައްކަތް ކާމިޔާބު ނުވުމުން އެ އަހަރުގެ ސެޕްޓެމްބަރު މަހު އެ މަސައްކަތް ވަނީ ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ާމޫސަ

    13 ގެރިގެއްލުނީ

    17
    2
  2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އުފާވެރި ހަބަރެއް.. އަދިވެސް ގެރިމަސްކާތީ މުސްލިމުންމަރާ، ދިވެހިރާއްޖެ އަޅުވެތިކުރަން ދުވޭ..

    20
    2
    • ފިއާ

      ނާތަހުޒީބު ކޮމެންޓްއަށް ހިއްވަރުދޭމީހާޔާ އެޕަބްލިސް ކުރާމީހާ އެއްވަރު. ޢެބަޮޓުގަ މުސްލިމެއްނެއްކަމެއް ކިހިނެއް އިގެނީ؟

      1
      4
  3. މަތިންދާބޯޓް

    ކުޑަހުވަދޫ މީހުންގެ ބަހެއް ހޯދާލުން ރަގަޅު...

    5
    9
  4. Anonymous

    ޢަލްހަމްދުލިﷲ

    18
    4
  5. ޛޗޖ

    ހަމަ ވާންވީ ގޮތް އެވީ ހަ ހަ ހާ....

    23
    4
  6. ހާމިދު ޝާޙިދު

    ތީތި އެބައޮތް ކައްދޫ އެއަރޕޯޓް ހެނގަރުގައި. މިހާރު 24 ހޯސްޕަވަރުގެ ޔަންމާ އިންޖީނެއް އޭގައި އެޅުމުގެ މަސައްކަތް ކުރަނީ.

    6
    1