ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ފޮނުވާލި މިސައިލްއެއް އެޤައުމުގެ އެންޓި-ޑިފެންސް މިސައިލްއިން ވައްޓާލައިފިއެވެ.

މީޑިޔާ ރިޕޯޓްތަށް ބުނާގޮތުން މިމިސައިލް ވައްޓާލާފައި ވަނީ އެޤައުމުގެ ވެރިރަށް ކަމުގައިވާ ރިޔާދްގެ މަތިން ދަތުރު ކުރަމުންދަނިކޮށެވެ. މިސައިލްގެ މަންޒިލަށް ވާސިލް ވުމުގެ ކުރިން މިސައިލްވަނީ ވައްޓާލާފައެވެ.

ސައުދީއަށް އަމާޒުކޮށް މިދިޔަ އަހަރުން ފެށިގެން ގިނަ މިސައިލް ހަމަލާތަކެއް ދޭތެރެ ދޭތެރެއިން ދެމުންދާއިރު، ސައުދީ އަރަބިއްޔާއިން ދަނީ ކޮންމެ ފަހަރަކުވެސް މިސައިލް އަމާޒަށް ވާސިލް ވުމުގެ ކުރިން ވައްޓާލަމުންނެވެ. މީގެ ކުރިން ސައުދީއަށް ހަމަލާދީފައިވާކަމަށް ޔަމަންގެ ހޫތީ ޖަމާއަތުންވަނީ އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މުހައްމަދު އާދިލް އާލު

  ﷲ އަށް ހަމްދުކުރަން! އެކަލާނގެ ވަނީ މައްކާގެ ބިން މާތް ކުރައްވާ އެބަރަކާތްތެރި ބިން ހިމާޔަތްކުރައްވާނެ ކަމަށް ވައުދުގެ ބަސްފުޅު ވަހީ ކުރައްވާފައެވެ.މާތް ﷲ ގެ ހިމާޔަތާއި ރިޢާޔަތުގެ ދަށުގައިވާ އެއްވެސް މީހަކަށްވެސް އަދި ގައުމަކަށް ވެސް ގެއްލުމެއް ނުދެވޭނެވެ.

  • ނުރަބޯ

   ދެން ކީއްކުރާ މިސައިލް ޑިފެންސް ސިސްޓަމެއް؟ ހުސް އަތާ ދެލޮލާ ހިފައިން ހުންނަންވީނު ތިހާ ޔަގީން ވަންޔާ

 2. ލޮލް

  މުހައްމަދު އާދިލްގެ ގަމާރުކަމާއެވެ