އަމިއްލަ ވެރިކަމެއް ހިންގުމުގެ ގާބިލުކަމެއް ފަލަސްތީނުގައި ނެތް ކަމަށް ވައިޓް ހައުސްގެ ސީނިއާ އެޑްވައިޒާ ޖެރާޑް ކްރަޝާ ބުނެފިއެވެ.

ފަލަސްތީނާއި އިސްރާއީލްގެ މައްސަލައަށް ހައްލެއް ގެނައުމުގެ ނަމުގައި އެމެރިކާ ސަރުކާރުން އެކުލަވާލާފައިވާ "ގަރުނުގެ އެއްބަސްވުމަށް" ފަލަސްތީނުން ރައްދު ދީފިއި ވަނިކޮށް ކަރަޝާ ބުނީ ފަލަސްތީނުގެ ރައްޔިތުން އެމެރިކާ އަށް އިތުބާރު ނުކުރާ ކަމަށާއި ގަރުނުގެ އެބަސްވުމުގެ ސަބަބުން ފަލަސްތީނަށް ވެސް ފައިދާ ކުރާނެ ކަމަށެވެ. އޭނާ އިތުރަށް ބުނީ އަމިއްލަ ވެރިކަމެއް ކުރުމުގެ ގާބިލުކަން ފަލަސްތީނުގައި ނެތް ކަމަށެވެ.

މިއެއްބަސްވުމުގެ ދަށުން "ނިއު ފަލަސްތީން" ނަމަކަށް ކިޔާ ގައުމެއް އުފައްދަން ވަނީ ނިންމާފައެވެ. އެއީ ހުޅަނގު އައްސޭރި އާއި ޣައްޒާގެ މައްޗަށް ބާރު ހިންގާ ގައުމެއް ކަމަށާއި ނަމަވެސް މިހާރު ހުޅަނގު އައްސޭރިން އިސްރާއީލްގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ސަރަހައްދު ދެމިއޮންނާނީ އިސްރާއީލްގެ ބައެއްގެ ގޮތުގައި ކަމަށް އެއްބަސްވުން ބުނެއެވެ.

ގުދުސް އަކީ ނިއު ފަލަސްތީން އާއި އިސްރާއީލްގެ ވެސް ވެރިރަށް ކަމަށާއި ނަމަވެސް އެއީ އެއްވެސް ގައުމެއްގެ ރަށަކަށް ނުވާނެ ކަމަށް އެއްބަސްވުން ބުނެއެވެ. ނަމަވެސް ގުދުސްގެ މުނިސިޕަލް ހުރިހާ ބާރެއް އޮންނާނީ އިސްރާއީލް ސަރުކާރަށް ކަމަށް ވެސް އެއްބަސްވުން ބުނެއެވެ. އަދި އޭގެ އިތުރުން ފަލަސްތީނުގެ ދިފާއުގައި ސިފައިން ތިބެން ނުޖެހޭނެ ކަމަށާއި، ހުރިހާ ގޮތަކުން ފަލަސްތީނު އަޅުވެތި ކުރަން މަޖުބޫރު ކުރާ މާއްދާތައް އެއްބަސްވުމުގައިވެއެވެ.

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެފައި ވަނީ އެމެރިކާ މެދުވެރިވެ، އިސްރާއީލުން ފަލަސްތީނަށް ދެވޭނެ އިންސާނިއްޔަތު ކަމެއް ނޯންނާނެ ކަމަށެވެ. އެގޮތުން މި ހުރިހާ ދުވަހު އިސްރާއީލުން ސުލްހަ ބޭނުން ނުވެ، އެތައް ބަޔަކު ޝަހީދުކޮށް، އެތައް ބަޔަކު ކާން އެތިކޮޅެއް ނެތް ހާލު ޖައްސާ، އެތައް ބިމެއް ހިސޯރުކޮށް، ހާއްސަކޮށް އަލް އަގްސާގެ ހުރުމަތް ކަނޑާލާ، އެ ހުރިހާ ކަމެއް ކުރީވެސް އެމެރިކާގެ މަދަދުގައި ކަމަށް މަހުމޫދު އައްބާސް ވިދާޅުވިއެވެ.

ގަރުނުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އަރަބި ބޮޑެތި ގައުމުތަކުން ފަލަސްތީނަށް ޕްރެޝަރު ކުރާ ކަމަށް މީޑިއާތަކުން ބުނެފައިވާ އިރު، ފަލަސްތީނުން ބުނެފައި ވަނީ އެ ޕްރެޝަރަށް ނުގުޑާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނުރަބޯ

    ޔަހޫދީންގެ ނުބައިނުލަފާ ކަމާ މަކަރުވެރިކަމާއެވެ. ފަލަސްތީނީން އެމީހުންގެ މަޅީގައި ޖެހިއްޖެނަމަ ދުވަސް ކޮޅަކުން ފަލަސްތީން މިނަންކިޔާ ދައުލަތެއް ނުވެސް އޮންނާނެއެވެ.

    15
  2. ޕަންޕު

    އެމެރިކާގަ އަމިއްލަ ވެރިކަމެއް ހިންގުމުގެ ކޮން ގާބިލްކަމެއްބާ އޮތީ މުޅިންވެސް ތިއުޅެނީ ދެބޯގެރި ދުއްވައިގެން އަރަބިންގެ މުއްފަތުން

    12
  3. ކިޔާ

    ކޮން ނިއުފަލަސްތީނެއް؟؟އަހަރެމެން ދަންނަނީ މީގެ އެތަކެއް ޒަމާނުއްސުރެފެށިގެން ފަލަސްތީން ކިޔާ ޤައުމެއް އޮންނަކަން.ބިންތައް ފޭރިގަނެގެން އިޒްރޭލޭކިޔާ ނަންދިނަކަސް ތީ ފަލަސްތީނު ބިން..ހީވަނީ އަދިވެސް ނިގުޅައިގަނެވުނު ހައްޤުތައް މަދުވެގެން އުޅޭހެން..

    15
  4. Anonymous

    އެޑްވައިޒަރ ގެ ނަން ސާފުކޮށް ފައި ކިޔޭ!

  5. ރަދީފް ހުސެން

    ދުނިޔޭގަ ހެއްދެވިހާ ހަތިޔާރެއް ދީފަ ތަމްރީން ދިނީމަ އެމީހުންވެސް ގާބިލުވާނެ. ނުވިތާކައް ދެތިން ހަތަރު ބާރުގަދަ ގައުމު އެއްކޮއްލައިގެން ކޯލިސަން ފައުޖެއްހެދީމަ އެމީހުންވެސް ވަކި ބައްޔެއްނުވާނެ. ގާބިލުކަން ހުރި އެމެރިކާ މިހާތަނަށް ކުރި އެއްވެސް ހަނގުރާމައެއް އިތުރު ކޯލިސަން ޕާޓްނަރެއްގެ ފައުޖުނުލާ އެކަނިމައި އެކަނި ނުކުރީ ކީއްވެބާ؟؟؟

  6. ބާރީ

    ދިވެހިރާއްޖޭ ގައި އަމިއްލަ ވެރިކަމެއް ހިންމުގެ ގާބިލުކަމެއް ނެތް - އިންޑިއާ .... މިސުރުހީ އައުން ގާތް....2023

  7. ޏިންނި

    ޢެމެރިކާގަ އެބަހުރިބާ އަމިއްލަ ސަރުކާރެއް ހިންގުމުގެ ގާބިލުކަން . މުޅިންވެސް ޢަރަބި ގައުމުތަކުން ސަލާންޖަހައިގެން އުޅޭބައެއް އިސްރާއީލެއް ކުރިޔަކުން ނެއް ވީމާ ނިޔު އިސްރާއީލެއް ހަދާ އެމެރިކާއިނ ބިންދީގެން އަދި އެމެރިކާގެ ބާރު އެމީހުންގެ މައްޗައް ބާއްވަންފެނޭ