އިސްރާއީލްގެ ރައީސް ރެއުވެން ރިވްލިންގެ އަނބިމީހާ ނެޝަމާ ރިވްލިން މަރުވެއްޖެއެވެ.

ނެޝަމާ މަރުވީ އުމުރުން 73 އަހަރުގައި އިސްރާއީލްގެ ތެލް އަވީވްގައި ހުންނަ ޕެޓާ ޓިކްވާ ނަމަކަށް ކިޔާ ހޮސްޕިޓަލްގައެވެ. އޭނާ މަރުވީ ފުރަމޭ ބަދަލު ކުރުމުގެ އޮޕަރޭޝަނެއް މިއަހަރުގެ މާޗް މަހު ކުރުމަށް ފަހު ފަރުވާ ދެމުން ދަނިކޮށެވެ.

ނެޝަމާ އަށް ފަރުވާދެމުން ގެންދިޔަ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ އޭނާ މަރުވީ ފުރަމޭ ބަދަލު ކުރަން ކުރި އޮޕަރޭޝަން ކާމިޔާބު ނުވުމުން ކަމަށެވެ.

"ނެޝަމާގެ ފުރަމޭ ބަދަލު ކުރަން ތިން މަސް ކުރިން ކުރި އޮޕަރޭޝަނަށް ފަހު މިއަދު ހެނދުނު އޭނާ މަރުވެއްޖެއެވެ. އޭނާގެ އޮޕަރޭޝަން ކާމިޔާބު ކުރުމަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރީމެވެ. ނަމަވެސް ކާމިޔާބެއް ނުލިބުނެވެ." ހޮސްޕިޓަލްގެ ބަޔާނުގައި ވެއެވެ.

ނެޝަމާ އުފަންވީ 1945 ވަނަ އަހަރު އަހަރު މޮޝާވް ހެރޫތު އަށެވެ. އޭނާ އިސްރާއީލްގެ މިހާރުގެ ރައީސް ރިވިލިން އާއި ކައިވެނި ކުރީ 1971 ވަނަ އަހަރު އެވެ. ނެޝަމާ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރީ ގުދުސްގައި ހުންނަ ހިބްރޫ ޔުނިވަސިޓީއެއްގައެވެ. އޭނާ ޔުނިވަސިޓީ އިން ރިޓަޔާ ކުރީ 2007 ވަނަ އަހަރު އެވެ. އެއީ ފުރަމެއަށް ބައްޔެއް ޖެހިފައި ހުރިކަން އެނގުނު ހިސާބެވެ.

ރިވްލިން އަށް އިސްރާއީލްގެ ރައީސްކަން ލިބުނު ފަހުން ނެޝަމާ ފެނިގެން ދިޔައީ އިޖުތިމަޢީ މަސައްކަތުގެ ތެރެއިންނެވެ. ހާއްސަކޮށް އާޓާއި ގުޅުން ހުރި އިޖުތިމާޢީ އެކި މަސައްކަތްތަކާއި ކުޑަކުދިންނާއި ގުޅޭ އިޖުތިމާޢީ މަސައްކަތްތައް އޭނާ ކުރިއެވެ.

ނަަމަވެސް އޭނާގެ ސިއްހީ ހާލަތު ގޯސްވުމުން މިދިޔަ އަހަރު ފެށުނު ފަހުން އާއްމުންގެ ތެރެއަށް ނިކުމެފައެއް ނުވެއެވެ.

ނެޝަމާގެ ޖަނާޒާ ބޭއްވުމަށް އިސްރާއީލުން ނިންމާފައި ވަނީ މާދަމާ އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ދޮހިކަރު

  ދެން ވެސް އިހްސާސް ވާނެބާ އެހެންމީހުންގެ އާއިލާ ސުންނާފަތި ކުރާއިރު އެމީހުންނަށް ވާނެ ގޮތް.. ؟

  52
  1
 2. އަހުމަދު

  ޔާ ﷲ އެ ކަނބުލޭގެ އަށް ޙައްޤުވާ އަދަބު އެކަނބުލޭގެއަށް ދެއްވާށި.....އާމީން

  50
  2
 3. މުހައްމަދު

  އަލްހަމްދުލިއްލާހި

  36
  4
 4. ތިމަންނަ

  އަހަރުމެންނަށް ކޮން ބަލާއެއް އޭނާ މަރުވިއްޔާ ނުމަރުވިއްޔާ

  16
  3
 5. ރަހުމު

  ރަހުމާ ހަމްދަރުދީގެ ކުނޑިފަށެއްވެސް ނެތް ދިވެހީން.

  6
  16
  • ރަހުމޭ ހިތްދަތި ވޭތަ؟

   އެ ދައިތަ ޖަހަންނަމައަށް ގޮއްސިއޭ ބުނުން އެންމެ ރަނގަޅު ގޮތަކީ.

 6. ޤާރޫނު

  ނަރަކަ

  15
  1
 7. ލޮލް

  ނަރަކައަށް ދޭ ...

  16
  1
 8. ނުރަބޯ

  އަނހަ ބަލަ މޮޅު ޔަހޫދީ ޑަކުތަރުން ނަށްވެސް އެކަނބުލޭގެ ފުރާނަ ސަލާމަތެއް ނުކުރެވުނުދޯ. މާތްﷲ އަންގަވަނީ އަޖަލު ހަމަވުމުން ފުރާނަ ނުގެންދަވާ ސާޢަތެއްގެ އިރު ވެސް ލަސްނުކުރައްވާނަމޭ އަދި އަވަހެއްވެސް ނުކުރައްވާނަމޭ.

  18
  1
 9. ރަށްދު

  ކީވެ އަވަހާރަފުޅު ނުވީ

 10. މޯދީ

  އަންނި އާއި އެމްޑީޕީ ބައިގަނޑު ވަރަށް ރޯނެ

  14
  7
 11. ޝައިޙް ޒުބެއިރު

  ޖުލައި 6 ކަށް ފަހު މި ލިޔުން ކިޔާ އެންމެނަށް ؛

  އެއްމެ ފުރަތަމަވެސް، އިންނާލިއްލާހި ވަ އިންނާއިލައިހި ރާޖިއޫން.
  ތެދެއް، މިއީ ދުނިޔޭގައި މިއަދު ދިރިހުރި އެއްމެ ނުލަފާ އެއް އިންސާނާގެ އަނބެއް.
  އަޅުގަނޑުމެން ގެ މުސްލިމް ޖަމާޢަތުގެ އެތަށް ބައެއް، ޙައްޤަކާ ނުލައި ޤަތުލުކޮށް، ބިން ފޭރެމުން ގެންދާ މީހެއް ގެ އަންބެއް.

  ނަމަވެސް، ކިތަންމެ ނުލަފާ މީހެއް ކަމުގައި ވިޔަސް، އެ މީހަކަށް އިންސާނިއްޔަތަކީ ކޯއްޗެއްކަން ނޭގޭ މީހެއް ކަމުގައި ވިޔަސް، އަޅުގަނޑުމެން ދިވެހިން އަމިއްލައަށް އިންސާނިއްޔަތު ހަނދާން ނެތިކޮށް ނުލަމާތޯއެވެ.

  އަޅުގަނޑަކަށް މި ޚިޔާލު ބައައިން، އެއްވެސްމީހަކު، އިންނާލިﷲ ވަ އީންނާ ޢިލައިހި ރާޖިޢޫން، ކޮމެންޓު ކުރި ތަނެއް ނުދެކެން.

  ހަމަ ގައިމުވެސް، އިސްލާމް ދީނުގައި، ރަސޫލާ ބާރު އަޅުއްވަނީ، ތިމާގެ ދުޝްމަނަށް، ކިތަންމެ ނުބައި މީހެއް ކަމުގައި ވިޔަސް، ހެޔޮކޮށް ހިތުމަށް.

  ސަބަބަކީ، ދުވަސް ނިމޭއިރު، މި އެންމެންނަކީ އިންސާނުން.

  މިކަމާމެދު ފިކުރުކުރި މީހަކު ވޭތޯ؟

  6
  2