ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެއްވި ޝަރީއަތް ހިންގަމުންދާ އިސްރާއީލުގެ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިސްރާއީލުގެ ޖަސްޓިސް މިނިސްޓްރީގެ ކޮންޓްރޯނަގައި ޖަސްޓިސް މިނިސްޓަރުކަމަށް އަމިލައަަށް އައްޔަން ވެއްޖެއެވެ.

ނަތަންޔާހޫ މީގެ ކުރިން ވަނީ އިސްރާއީލުގެ ޑިފެންސް, ހެލްތް އަދި އެޑިއުކޭޝަން މިނިސްޓްރީގެ ބާރުތަށް ވެސް މުށުތެރެއަަށް ލާފައެވެ.

ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި ނަތަންޔާހޫގެ މަގުސަދަކީ އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުގެ ޝަރީއަތަށް ނުފޫޒު ފޯރުވުމެވެ.

ނަތަންޔާހޫ އަމިލައްޔަށް ޖަސްޓިސް މިނިސްޓްރީ އާއި ހަވާލުވުމުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް ގޯސްވާނެ ކަމަށް ބެލެވެއެވެ.

ނަތަންޔާހޫ އަށް އިސްރާއިލްގައި ސަރުކާރެއް އެކުލަވާނުލެވި ދާދި ފަހުން ފެއިލްވެފައިވާއިރު އޭނާއަށް ޚާއްސަ އިމްތިޔާޒުތަކެއް ލިބޭގޮތަށް ޤާނޫނު ހަދާ މަޖިލީހުން ޤާނޫނު ހަދަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ. އެކަމާއި ދެކޮޅަށް އަޑު އުފުލި ފަރާތްތަކުން ނަތަންޔާހޫއަށް ފާޑުކިއުން އަމާޒުކޮށް ބުނަމުން ދިޔައީ އެފަދަ ޤާނޫނުތައް ފާސްކުރުމަކީ ޑިމޮކްރެސީ މަރާލުން ކަމަށެވެ.

ނަތަންޔާހޫ ބޭނުންވާ ގޮތަށް ޤާނޫނު ހެދުމުގެ ބާރު އޭނާގެ އަތުން ގެއްލި ފެއިލް ވެފައިވާއިރު، އޭނާއަށް ޖަލު ޙުކުމެއް އައިސްދާނެ ކަމަށް ބެލެވެއެވެ. ބޮޑުވަޒީރަށް ޚާއްސަ އިމްތިޔާޒުތަކެއް ޤާނޫނުން ގެނެސްދިނުމަށް އޭނާ މަސައްކަތް ކުރަމުން ދިޔައީ މި ސަބަބާއި ގުޅިގެންނެވެ.

ނަތަންޔާހޫގެ މައްޗަށް ތުހުމަތު ކުރެވޭ ތިން މައްސަލައިގެ ތަޙްޤީޤު ނިންމާ މިހާރު އޮތީ ޝަރީޢަތް ފެށުމުގެ މަރުހަލާގައެވެ. ތިން މައްސަލައިގައި ވެސް ފުލުހުން ވަނީ ނަތަންޔާހޫގެ މައްޗަށް ގިނަ ހެކިތަކެއް ހޯދާފައެވެ.

އިސްރާއީލްގެ ބައެއް ބޮޑުވަޒީރުން މަގާމުގައި ތިއްބާ މީގެ ކުރިން ވެސް ޖަލަށް ލާފައިވެއެވެ.