އިންޑިޔާގެ ވެރިރަށް ދިއްލީގައި މިދިޔަ އަހަރު ކޮންމެ ދުވަހަކު 5 އަންހެނަކު ރޭޕް ކުރާ ކަމަށް އެޤައުމުގެ ފުލުހުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިންޑިޔާގެ ފުލުހުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާފައިވާ ގޮތުން މިދިޔަ އަހަރު 2,043 ރޭޕްގެ މައްސަލައެއްވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އަދ އަންހެނުންނަށް އަނިޔާ ކުރުމުގެ 3,175 މައްސަލައެއްވަނީ ހުށަހަޅާފައެވެ.

ދިއްލީގެ ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންޑިޔާގައި ރިޕޯޓްކޮށްފައިވާ ރޭޕް ކޭސްތަކުގެ ތެރެއިން 43 އިންސައްތަ ފަހަރު ރޭޕްކޮށްފައިވަނީ އާއިލާ މީހެކެވެ. ނުވަތަ ގާތް ރަޙްމަތްތެރިއެކެވެ. އަދި 16.25 އިންސައްތަ ފަހަރު ރޭޕްކޮށްފައިވަނީ އަވައްޓެރިންނެވެ. އަދި 2.89 އިންސައްތަ ފަހަރު ރޭޕް ކުރަނީ އެކުގައި މަސައްކަތް ކުރާ މީހާއެވެ.

އިންޑިޔާގެ ދިއްލީގައި މިދިޔަ އަހަރު ރޭޕްގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ 2,290 މީހުންނެެވެ. ނަމަވެސް މިމީޙުންގެ ތެރެއިން މަދު ބަޔަކު ފިޔަވާ އެހެން އެންމެންވަނީ ދޫކޮށްލާފައެވެ. ރޭޕް ކުރެވުނު މީހާއަށް އިންސާފު ލިބިފައިވަނީ މަދު ފަހަރެއްގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޯއްދީ

    މިހާރު ބޭނުމަކީ މިރާއްޖޭގަވެސް ރޭޕް ކުޅި ފަށަން އަވަސް ކޮށް މިރާއްޖޭގަ ފަށާ

  2. ؟؟

    މައްސަލައެއް ނޫނެންނު! ސީދާ މޯދީގެ އަންހެނުންވެސް ހުންނަނީ ވެއްޔަށްވުރެ ދަށްކޮށްފަ. އިންސާނެއްގެ ފެންވަރުވެސް ނުދޭ. އެއީ ބޮޑުވަޒީރުގެ ވާހަކަ. ދެން އެހެން މީހުނޯ!!!

    3
    5