އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގައި މިދިޔަ މަހު އިންޑިއާގެ ސިފައިންނާއި ފުލުހުން ދިން ހަމަލާތަކުގައި ކަޝްމީރުގެ 34 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.
ކަޝްމީރުގެ މީޑިއާ ސާވިސްއިން ހާމަކުރި ގޮތުގައި 34 މީހުން ޝަހީދު ކުރުމުގެ އިތުރަށް އިންޑިއާގެ ސިފައިންނާއި ފުލުހުންގެ ހަމަލާތަކުގައި ކަޝްމީރުގެ 600 އަށްވުރެ ގިނަ މީހުން މިދިޔަ މަހު ޒަޚަމްވެފައި ވެއެވެ. އެ ރިޕޯޓުގައި ވާގޮތުން މިދިޔަ މަހު ކަޝްމީރުގައި 156 މީހުން ހައްޔަރުކޮށްފައިވެއެވެ. އަދި އިންޑިއާ އިން ވަނީ 29 ގެ ހަލާކުކޮށް ފުނޑާލާފައެވެ. ހައްޔަރުކުރި މީހުންގެތެރެއިން ފަސް އަންހެނަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވެއެވެ.
ބައެއް ނިއުސް އެޖެންސީތަކުން ޚަބަރުދޭ ގޮތުގައި ފާއިތުވެދިޔަ 2018 ވަނަ އަހަރު އެކަނިވެސް ކަޝްމީރުގައި އިންޑިއާ ފުލުހުންނާއި ސިފައިންގެ ހަމަލާތަކުގައި 355 މުސްލިމުން ޝަހީދު ކޮށްފައިވެއެވެ. މިއީ 2018 ވަނަ އަހަރު ފަލަސްތީނުގައި އިސްރާއީލުން ޝަހީދު ކޮށްލި މުސްލިމުންނަށް ވުރެ ވެސް ގިނަ އަދަދެކެވެ.
އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި އިންޑިއާ ސިފައިންނާއި ފުލުހުން ހިންގަމުންދެންދާ އަނިޔާވެރިކަން ހުއްޓާލައި ކަޝްމީރުގެ ރައްޔިތުން ބޭނުންވާާ ފަދަ ވެރިކަމެއް ކަޝްމީރުގައި ގާއިމުކުރުމަށް ޔޫރަޕިއަން ޔުނިއަން އާއި އޯއައިސީިން ދާދިފަހުން ވެސް ވަނީ ގޮވާލާފައެވެ.
ހިންދޫންގެ ހައްދުފަހަނަޅާފައިވާ ބާރަތިޔާ ޖަނަތާ ޕާޓީގެ ވެރިކަން އިންޑިއާގައި ފެށުނުފަހުން ކަޝްމީރުގެ އިތުރަށް އިންޑިއާގެ އެހެނިހެން ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ވަރަށް ގިނަ މުސްލިމުންނަށް ވަރަށް ބޮޑެތި އަނިޔާ އާއި ގެއްލުންތައް ދަނީ ލިބެމުންނެވެ.
މިދިޔަ ހަފުތާގައި ވެސް އިންޑިއާ ސިފައިންގެ ހަމާލާތަކެއްގައި ކަޝްމީރުގެ ހަތަރު މީހަކު ވަނީ ޝަހީދުވެފައެވެ.
ތިކަމާ އެމް ޑީ ޕީ އިންޑިއާ ދެކެ އެހާ ގަޔާވަނީ
އެ ހުރިހާ ގަތުލްޢާއްމެއް ހިނަގުމަށްފަހު މޯދީ ރާއްޖެއަށް އައީމަ ނުޖެހޭ މަރުހަބާ ކިޔާކަށް.