ސައުދީ އަރަބިއްޔާގައި އުމުރުން 13 އަހަރުގައި ހައްޔަރު ކުރި ކުއްޖަކު ދަން ޖައްސަން އުޅޭ ކަމަށް ބީބީސީން ރިޕޯޓް ކޮށްފިއެވެ.

ބީބީސީން ރިޕޯޓްކޮށްފައީވާ ގޮތުގައި މަރަން ހުކުމް ކުރި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މީގެ 5 އަހަރު ކުރިން ސަޢުދީ ސަރުކާރާ ދެކޮޅަށް އޭރު ކުރަމުން ދިޔަ މުޒާހަރާއެއްގެ ތެރެއިންނެވެ. މިކުއްޖާ ފުލުހުންގެ ބެލުމުގެ ދަށުގައި 5 އަހަރު ދުވަހުވަނީ ހޭދަކޮށްފައެވެ. އަދި މިހާރު އެކުއްޖާއަށް 18 އަހަރު ފުރުމާއެކު ދަން ޖައްސަންވަނީ ނިންމާފައެވެ.

މިކުއްޖާގެ މައްޗަށް ހުކުމްކޮށްފައިވަނީ، ސަލާމަތީ ބާރުތަކާ ދެކޮޅަށް ބަޑިން ހަމަލާ ދިނުމުގެ ކުށުގެ ދަޢުވާއެވެ.

ސައުދީގައި 12 އަހަރު ފުރުމުން ކުށުގެ ދަޢުވާ ކުރެވެއެވެ. މިއީ މިއަހަރުގެ ތެރޭގައި ސައުދީން 18 އަހަރު ނުފުރޭ ކުޑަ ކުދިން ދަންޖައްސާ ތިން ވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ށާޝާ

  ތައުބާ ނުވެ ތިބެބަލަ މަހުޝަރު ދުވަހު ޝާހީކަން ފެންނާނެ ރީއްޗަށް

  42
  6
 2. Anonymous

  އިސްލާމީ އުއްމަތުގެ ހަލާކު، މިހާރު ސައޫދީގެ ސަރުކާރު.

  41
  6
 3. ބުރޯ

  މުޒާހަރާ ކުރާމީހުންގެ އަދަބަކީ ހަމަ މަރު . އެއީ އިސްލާމްދީނުގައިވާ އަދަބު .މާއިދާ ސޫރަތުގެ 33 އަށް ބައްލަވާ . ސަރުކާރާ ދެކޮޅަށް ނިކުތުމަކީ ބިމުގާ ފަސާދަކުރުން .މިފަދަ ފަރާތްތަކަކީ މާތްﷲ އާއި އެކަލާނގެ ރާސޫލާ އާ ދެކޮލަށް ހަގުރާމަކުރުމާ އެއްފަދަ ބައެއް އެއީ ނިސާސޫރަތުގެ 59 ވަނަ އާޔަތުގާ ވެރިންނަށް ކިޔަމަންވުމަށް އަންގަވާފައިވަ ވަހީއާ ހިލާފު ވުން ފަސާދަ އިގެތެރޭ ހިމެނޭނެތީ މިފަދަ މީހުނަށް މާއިދާސޫރަތުގެ 33 ވަނައާޔަތުގައިވާ ހުކުމްފުޅުން ހުކުމް ކުރެވިދާނެ. މިފަދަ މީހުންގެ އަމަލުތަކުގެ ސަބަބުން ގަތުލު ވާޖިބު ވެދާ ސަބަބު ފަސާދަ އަށް ވާސަބަބު އިރާގާ ލީބިޔާ އަދި ސޫރިޔާ އިން އެދަނީ ފެންނަމުން

  10
  16
  • ޚޮކޮކޮކޮކޮ

   މިހާރު ވެރިކަމުގަ ތިބި އެންމެނަށް ރާއްޖެއިންވެސް ހުކުމް ކުރުމަށް ފެނޭ

   5
   3