އަވައްޓެރި އިންޑިޔާގައި ކުޑަ ކުދިން ރޭޕް ކުރަމުން އަންނަ ނިސްބަތް އިތުރުވަމުން އަންނަ ކަމަށް އިންޑިޔާގެ ނޫހެއް ކަމަށްވާ އިންޑިޔާ ޓްޑޭ އިން ރިޕޯޓްކޮށްފިއެވެ.

އިންޑިޔާ ޓްޑޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިޔާގައި މިއަދު އެކަނިވެސް 3 ކުޑަ ކުދިންވަނީ ރޭޕްކޮށްލާފައެވެ. މީގެ ތެރޭގައި 12 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖަކާއި 7 އަހަރުގެ ކުޑަ ކުއްޖަކު ހިމެނެއެވެ. މީގެ ތެރެއިން 7 އަހަރުގެ ކުއްޖާ ފިޔަވާ ބާކީ ތިބި ދެ ކުދިންނަކީ އަހެން ކުދިންނެވެ.

ރޭޕް ކުރި ކުދިންގެ ތެރެއިން އެކަކު ރޭޕްކޮށްފައިވަނީ ސްކޫލުގައި ހުއްޓައެވެ. އަދި އަނެއް ކުއްޖާ ރޭޕްކޮށްފައިވަނީ ގޭގައި އޮއްވައެވެ. ފިރިހެން ކުއްޖާ ރޭޕްކޮށްފައިވަނީ، ކުޅެން ގޮސް އިންދާ ވަގަށް ނަގައިގެން ގޮސްއެވެ.

މިހާރު އިންޑިޔާގައި ރޭޕްގެ މައްސަލަތައް އިތުރުވެފައިވާއިރު، އިންޑިޔާގައި ރޭޕްގެ މައްސަލަތައް ބޮއްސުން ލައިގެން ގޮސް އިންޑިޔާގެ ސަރުކާރުންވަނީ ކުޑަ ކުދިން ރޭޕް ކުރާ މީހުންނަށް މަރުގެ ހުކުމް ކުރަންވަނީ ނިިންމާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިފަފަ ބަޔަކާ އެހާ ގާތްގުޅުން ބޭއްވުމަކީ ދީނީ ނަޒަރިއްޔާތުން ބަލާއިރު ރަނގަޅު ކަމެއްނޫން

  2. Night King

    ދުނިޔެ މި ހަލާކު ވަނީ އެއް ނޫންތަ???