އިގިރޭސިވިލާތަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހެނެތީ އިންޒާރު ނެރެފިއެވެ.

މިއަދުން ފެށިގެން ކުރާ މި ވިއްސާރާގައި ހަ ގަޑިއިރު ތެރޭ ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން މައުލޫމާތު ދެއެވެ.

އިގިރޭސިވިލާތުގެ މޫސުމާއި ބެހޭއިދާއިން މައުލޫމާތު ދޭ ގޮތުގައި ހަ ގަޑިއިރު ތެރޭ ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ ފުރާނަ އަށް ނުރައްކާވާ ދަރަޖައަށް ކަންކަން ގޮސްދާނެއެވެ.

އެ އިދާރާއިން ބުނިގޮތުގައި މަސް ދުވަހުގެ ވާރޭ އެންމެ ހަ ގަނޑިއިރުތެރޭ ވެހިދާނެ ކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ ރައްކަލަކަށް ބައެއް ހިސާބުތަކަށް މިހާރުވަނީ ޔެލޯ އެލާޓް ނެރެފައެވެ.

ވިއްސާރައާ ގުޅިގެން ކަރަންޓު ޚިދުމަތް މެދު ކެނޑިދާނެ ކަމުގެ އިންޒާރު ދީފައިވާއިރު ފްލައިޓްތައްވެސް ވަނީ ކެންސަލްކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބަހާއި ރޭލުގެ ޚިދުމަތްތަައް ވެސް މެދުކަނޑާލަން ޖެހިދާނެކަމަށް، ކަމާއި ބެހޭ ފަރާތް ތަކުންވަނީ ބުނެފައެވެ.

2016 ވަނަ އަހަރަށް ބަލައިފިނަަމަ އިގިރޭސިވިލާތަށް ހޮނުއެޅުމުގެ ހާދިސާތަކުގައި މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު