ޕާކިސްތާނުންގެ ކުރީގެ ރައީސް އާސިފް އަލީ ޒަރްދާރީ ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މަނީ ލޯންޑަރިންއާއި ފޭކް ބޭންކް އެކައުންޓް ތަކެއްގެ މައްސަލައިގައެވެ.

ޕާކިސްތާނުގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އާސިފް އަލީ ޒަރްދާރީ ހައްޔަރު ކުރުމުގެ ކުރިން، ކަފާލާތުގެ ދަށުން މިނިވަންކޮށްދިނުމަށް ހުށަހެޅި ހުށަހެޅުން ހައި ކޯޓުންވަނީ ބަލައިނުގެންފައެވެ. އާސިފް ހައްޔަރު ކުރުމުގެ ކުރިން ވެސް ހުންނެވީ މައްސަލައިގައި ކަފާލާތުގެ ދަށުން މިނިވަންކޮށްފައެވެ.

ނަމަެވސް އިއްޔެ އަނެއްކާވެސް އާސިފް ހައްޔަރު ކުރުމަށް އަމުރު ކުރުމުން، ހައިކޯޓުންވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްދެވެން ނެތް ކަމަށްބުނެ، ހައްޔަރު ކުރުމަށް އަމުރުކޮށްފައެވެ. ޒަރްދާރީ ހައްޔަރުކޮށްފައިވަނީ ގެ ކޮޅުގައި ހުންނަވަނިކޮށެވެ. އޭނާ ހައްޔަރު ކުރުމުގެ ކުރިން ޤާނޫން ހަދާ މަޖިލިސްއަށް ވަޑައިގަންނަވަން ބޭނުންފުޅުވިކަމަށް ރިޕޯޓްތައް ބުނެއެވެ. ރައީސް ޒަރްދާރީ އަކީ ޤާނޫން ހަދާ މަޖިލީހުގެ މެންބަރެކެވެ. އަދި ބޭނުންފުޅުވީ ޤާނޫން ހަދާ މަޖިލީހިގައި ތަޤްރީރު ކުރައްވަނިކޮށް ހައްޔަރަށް ގެންދަން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޒަރްދާރީ އަކީ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގެ ކޯ-ޗެއަރމަންއެވެ. އަދި އޭނާއަކީ ޕާކިސްތާނުގައި އަވަހާރަކޮށްލާފައިވާ ބޭނަޒީރު ބުއްޓޫގެ ފިރިކަލުންނެވެ. ޕާކިސްތާނުގެ އަނެއް އިދިކޮޅު ޕާޓީ، ޕާކިސްތާން މުސްލިމް ލީގްއިންވަނީ ރައީސް ޒަރްދާރީއަށް ހިމާޔަތް ދިނުމަށް ގޮވާލާފައެވެ.

މުސްލިމް ލީގް އިން ބުނީ ޒަރްދާރީ ހައްޔަރު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެމައްސަލައިގެ ތަހްޤީޤަށް ޒަރްދާރީ، ލަސް ކުރުމެއް ނެތި ހާޒިރުވުމަށްފަހު އެއްބާރުލުން ދޭ ކަމަށެވެ.

މުސްލިމް ލީގް އަދި ޕާކިސްތާނުގެ ބޮޑު ވަޒީރު ކަން ދެ ދައުރުގައި އަދާކޮށްފައިވާ ނަވާޒް ޝަރީފް މިވަގުތު ހުންނެވީ ޖަލުގައެވެ. ނަވާޒް ޝަރީފްގެ ވެރިކަން ފުރަތަމަ ވައްޓާލީ އަސްކަރިއްޔާއިން ގެނައި ބަގާވާތަކުންނެވެ. ދެވަނަ ދައުރުގައި ވެރިކަން ވައްޓާލީ ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަސްކަރިއްޔާ އާއި ގުޅިގެން ގެނައި ޖުޑީޝަރީ ބަގާވާތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަތްދޫނި

    މި ޤައުމުގައި ތިބި ރައްޔިތުންގެ ޙަޒާނާ ތަކަށް އިޙުމާލުވި ފަރާތް ތައް ކޮންއިރަކުންބާ ހައްޔަރު ކުރާނީ!

    • ޢުއްޗު

      ޙަޒާނާ ކޭމީހުންނާ އަދި އެއަށް ދޯޅު މީހުން އެތިބީ މިހާރު ވެރިކަމަށް އަރާ ގޮނޑި ގޮނޑީގައި ވެޑުވިގެން! ދެންކިހިނެއް އެމީހުން ހައްޔަރު ކުރާނީ!!؟؟

  2. ނުރަބޯ

    ޢާސިފް ޢަލީ ޒަރުދާރީ އަކީ މަރުޙޫމާ ބޭނަޒީރު ބުއްޓޫގެ “ފިރިކަލުން”.

    14
    • ދޮންމޫސަ

      ބައެއްފިރިންނަކީ އަބިންގެ މަޤާމުގައި އުޅޭ މީހުން. ވީމާ ވަގުތު ކުދިން އަބިކަބަލުން ކަމަށް އެލިޔުނީ ވަރަށް ދިރާސާ ކޮށްފަ. ގޯހެއް ނެތް.

  3. ލާލު

    ބޭނަޒީރުބުއްޓޫގެ އަނބިކަނބަލުންނޯ

    2
    1