އަވައްޓެރި އިންޑިޔާގައި މީހުން މެރުމާއި މީހުން ރޭޕް ކުރުމަކީ އާއްމު ކަމެކެވެ. މިކަން އާއްމުވެފައިވާ މިންވަރުން މިފަދަ ކުށަކަށް އަރައިގަންނަ ފަރާތެއް މިކަމުގެ ވާހަކަ ދައްކަންވެސް ލަދެއް ނުގައެވެ.
އިއްޔެ ނޫން ކުރީ ދުވަހު އިންޑިޔާގެ ވެސްޓް ބަންގަލްގައި އުމުރުން 27 އަހަރުގެ މީހަކު އޭނާގެ 70 އަހަރުގެ މާމަވަނީ މަރާލާފައެވެ. ހަމައެކަނި މާމަ މަރާލީއެއް ނޫނެވެ. މާމަ މަރާލުމަށްފަހު އޭނާވަނީ ފޭސްބުކް ލައިވްއެއްގައި އޭނާ އެކަން ކުރިކަން ހާމަކޮށްފައެވެ.
"އަޅުގަނޑުމެންނަށް އެބަހުރި އެކަން ކުރިކަން (ފޭސްބުކް ލައިވް) ކުރިކަން ބަޔަކު ރިޕޯޓްކޮށްފައި. އެކަން ޔަޤީން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން." އިންޑިޔާގެ ސިފައިން ބުންޏެވެ.
27 އަހަރުގެ މިމީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ފުލުހުން ބުނެފައިވަނީ މާމަ މަރާލުމުގެ ހާދިސާގައި އޭނާގެ މައިންބަފައިން އެކަމަށް ހުރަސް އެޅުމުން އެމީހުންނަށް ހަމަލާދިން ކަމަށެވެ. ނަމަވެސް އެދެމީހުންގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. މިމީހާއަކީ މީގެ ކުރިންވެސް އެތަކެއް ކުށެއްކޮށްފައިވާ މީހެއް ކަަމަށް އިންޑިޔާގެ ފުލުހުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓް ކުރެއެވެ.
ބޮން ގޮއްވައިގެން މީހުން މަރަނީ ރަހުމާއެކުގައި ތަ؟
ބޮން ގޮއްވައިގެން މީހުން މަރަނީ ރަހުމާއެކުގައި ތަ؟
އެންމެ ބޮން ގޮއްވައިގެން މީހުން މަރާފައި ވަނީ އެމެރިކާ އާއި އިނގިރޭސިންނާ އިޒްރޭލް މީހުން.
ެ
އެންމެ އަނިޔާ ވެރިކޮށް ނަސްލު ނައްތާލަން މަސައްކަށް ކޮށްފައިވަނީ
ޔަހޫދިންނާ ކިރިސްޗިޔަނުންނާ ބުޑިސްޓުން.
މިއެންމާ ފަލަސްތީނު ގުދުސް.