މުސްލިމް ޑްރައިވަރުންތަކެއް މިދިޔަ ހަފްތާގެ ތެރޭގައި އެކްސިޑެންޓްތަކުގައި ޖުމްލަ 250 މީހުން މަރުވެފައިވާ ކަމަށްބުނެ އިންޑިޔާގެ ނޫސްތަކުން ދައުރު ކުރަމުންދަނީ ދޮގު ޚަބަރުތަކެއް ކަން ހާމަވެއްޖެއެވެ.
އިންޑިޔާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިޔާގައި މިދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް މުސްލިމް ޑްރައިވަރުން ދުއްވަން ހުރި ކާރުތަކުންނާއި ރިކްޝާތަކުން ޖުމްލަ 250 މީހުން މަރުވެފައިވާ ކަމަށާއި އަދި އެތައް ބަޔަކު މަރުވެފައިވާ ކަމަށެވެ. އަދި މިއީ އިންޑިޔާގައި އުޅޭ އެހެން ދީންތަކުގެ މީހުންނާ ދެކޮޅަށް ހިންގަމުން އަންނަ ސިއްރު ޖަރީމާއެއް ކަމަށްވެސް މިފަރާތްތަކުން ސިފަކޮށްފައިވެއެވެ.
އިންޑިޔާގެ ބައެއް ނޫސްތަކުން މިގޮތަށް ރިޕޯޓްކޮށްފައި ވީނަމަވެސް މިއީ 2003 ވަނަ އަހަރު އިންޑިޔާގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން އޭރު އުފެދުނު ނުތަވަސްކަމުގެ ތެރޭގައި އެޤައުމުގެ ސަރުކާރުން ނެރެފައިވާ ރިޕޯޓްއެއް ކަމަށްވެއެވެ. އަދި މި ރިޕޯޓް ނެރެފައިވަނީ މުސްލިމުންނާ ދެކޮޅަށް އާއްމުން ނެރުމަށްޓަކައި ކަމަށްވެސްވެއެވެ.
އިންޑިޔާގައި ކޮންމެ ދުވަހަކުވެސް މުސްލިމުންނާ ދެކޮޅަށް އެތަކެއް ލާއިންސާނީ އަމަލެއް ދަނީ ކުރަމުންނެވެ.
މުސްލިމުން މީހަކު ނުމަރާނެ. މަރާފަ ނުވެސް ނެތް. އިންޑިއާ ހަމަ ދޮގު ހަދަނީ
މިއީ މިސަރުކާރުން ނިޝާނުލް އިއްޒަތް ދީނު ގެ ޝަރަފު ދިން ގާތިލް މޯދީ ގެ ސަޕޯރޓަރުން ، މިގައުމުގެ އުޅޭ މޯދީ ގެ އަޅުކުދިން އަންނި، މަރިޔާ، ޝާހިދު މެންފަދަ ފައިސާ ދީފައި ގަނެފައި ތިބި އަޅުން ފަތުރާ ޚަބަރު..މި ޚަބަރު ފެނިފައި މި ގައުމު ގައި އެންމެ އުފާވާނީ އެމްޑީޕީ ރަޢީސަކައް ހުރި ލާދީނީ ކަލޭ ދޯ