ޖައްވުން އަންނަ ހަމަލާތަކުން ރައްކާތެރިވުމަށް ޖައްވީ ހަތިޔާރު އުފައްދަމުންދާ ކަމަށް އިންޑިއާއިން އިއުލާން ކޮށްފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ބިޒްނަސް ސްޓޭންޑާސް" ގައި އިންޑިއާ ސަރުކާރާއި ހަވާލާދީ ބުނެފައި ވަނީ ޖައްވީ ހަތިޔާރު އުފައްދަން ސްޕޭސް ޑިފެންސް ރީސާޖް އެޖެންސީ އެއް އުފައއްދާފައިވާ ކަމަށެވެ.

މި ސްޕޭސް ރިސާޖް އެޖެންސީގެ ސައިންސްވެރިން އިންޑިއާ ސަރުކާރަށް ޒަމާނީ ފެންވަރުގެ ހަތިޔާރު މުސްތަގުބަލުގައި ހިންގާފާނޭ ޖައްވީ ހަނގުރާމައަކަށް ތައްޔާރުކޮށްދޭނެއެވެ.

އިންޑިއާއިން ޖައްވީ ހަތިޔާރު އުފައްދާ ކަން އިއުލާން މި ކުރީ މީގެ ތިން މަސް ކުރިން ސްޕޭސް މި ސައިލެއް ބޭނުން ކޮށްގެން އިންޑިއާއިން ސެޓެލައިޓެއް ގޮއްވާލާފައިވަނިކޮށެވެ.

މި ސައިލެއް ބޭނުން ކޮށްގެން ސެޓެލައިޓެއް ގޮއްވާލުމަށް ފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އިންޑިއާ އަކީ އެމެރިކާ، ރަޝިއާ އަދި ޗައިނާއަށްފަހު އެފަދަ އެންޓި ސެޓެލައިޓް މިސައިލް ފޮނުވުމުގެ ގާބިލުކަން ލިބުނު ހަތަރު ވަނަ ގައުމު ކަމަށެވެ.

އިންޑިއާއިން މިސައިލް ޓެސްޓެއްގައި ދުނިޔޭއިން ބޭރުން ދަތުރުކުރާ ސެޓެލައިޓެއް ވައްޓާލުމާއި ގުޅިގެން، ބައިނަލްއަގުވާމީ ސްޕޭސް ސްޓޭޝަނަށް ގެއްލުންވެދާނެ ކަމަށް ނާސާ އިން ވެސް ވަނީ ބުނެފައެވެ.

މިސައިލް ފޮނުވާލައިގެން ވައްޓާލާފައިވަނީ ދުނިޔެ އާއި 400 ކިލޯމީޓަރު ދުރުގައި އޮތް ސެޓެލައިޓެއްކަމަށް އިންޑިއާ އިން ބުނެފައިވެ އެވެ. އިންޑިއާއިން ޖައްވީ ހަތިޔާރު އުފައްދަން ތައްޔާރުވިއިރު މިދިޔަ އަހަރު ޑިސެމްބަރު މަހު، އިންޑިއާ އިން ފުރަތަމަ ފަހަރަށް ޖައްވަށް މީހުން ފޮނުވުމަށް 1.4 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުއެއް ވެސް ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިއްބެ

    ތީ ވަރަށް ފިލްމީ ބައެއް ގެރިޔައް އަޅުކަން ކުރާ ނާތަހުޒީބު ބައެއް އަހަރެމެން ކާންދޭ އަހަރެމެން ހަދާބުދު ކަލާންގެ އަކައްހަދާގެން އުޅޭ ޖާހިލުން ފޮނި ތިކަނޑަނީ އެމެރިކާ އެން އެވާހަކަ ބުނި މިހާރުގެ ގަމާރު ޓުރަންޕު އިންޑިޔާ ދެން މީ ކޮން ބައެއްތަ އަމިއްލަ ގައުމުގެ ރައްޔިތުންގެ ހައްގު ނޮހޯދިގެން އުޅޭ ބައެއް ތީ ވަރައް ސަލާން ޗޯކީދާރު

  2. ހުސޭނުބޭ

    ޖައްވަށް ދެތިންހާސް ގެރި ފޮނުވަންވީނު! ދެން ކަލޭމެން ނުރުހޭ މީހުންގެ ބޮލަށް އެތަކެތި ޕުއްޕުލާނެނު!