މިހާރު އަރަބި ކަނޑުގެ ހުޅަނގުގައި އުފެދިފައިވާ އަދި އިންޑިއާގެ ހުޅަނގު އައްސޭރިފަށާއި ދިމާއަށް މިސްރާބު ޖަހާފައިވާ ތޫފާން ވޭޔު އަކީ ފާއިތުވެދިޔަ 20 އަހަރު ތެރޭ އިންޑިއާގެ ހުޅަނގު އައްސޭރި ފަށަށް އަރާނެ އެންމެ ބާރު ގަދަ ތޫފާނަށް ވާނެ ކަމަށް އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

ގަޑިއަކު 175 ކިލޯމީޓަރު ބާރުމިނުގައި މިހާރު ވައިޖެހެމުންދާ މި ތޫފާނުގެ ބާރުމިން ކެޓެގަރީ 4 ނުވަތަ 5 ގެ ހަރިކޭން އަކާއި އެއްވަރުވާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މި ތޫފާން އަންނަ ބުރާސްފަތި ދުވަހު އިންޑިއާގެ ގުޖުރާތަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މިއީ މި އަހަރުގެ މިހާތަނަށް އިންޑިއާއަށް އަރާ ދެވަނަ ތޫފާނެވެ. މިދިޔަ މަހު އިންޑިއާގެ އިރުމަތީ ސަރަހައްދު ތަކަށް އެރި ތޫފާނު ގައި 7 މީހުން މަރުވެ ގިނަ ގެއްލުންތަކެއް ވިއެވެ. ތޫފާން "ފަނި" އަކީ 1999 ވަނަ އަހަރުގެ ފަހުން އޮޑިޝާއަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. 1999 ވަނަ އަހަރު އޮޑިޝާއަށް އެރި ތޫފާނުގައި ދިހަ ހާހަށްވުރެ ގިނަ މީހުން މަރުވިއިރު، އެ ތޫފާނުގައި އޮޑިޝާއަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.

ތޫފާން ވޭޔު އަންނަ ބުރާސްފަތި ދުވަހު އިންޑިއާގެ ހުޅަނގު އައްސޭރިފަށަށް އަރާއިރު ތޫފާނުގައި 2 މީޓަރުގެ އުސް ބާނި އުފެދޭނެތީ މަސްވެރިން ކަނޑުމަތީގައި ނޫޅުމަށް އިންޑިއާގެ ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.

މިފާނުގައި ބޯކޮށް ބާރެވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެއްވެތީ އެމެޖެންސީ ޓީމުތަށް ވަނީ އެލާޓަށް ގެނެސްފައެވެ.

އިންޑިއާށް އާންމުކޮށް ކޮންމެ އަހަރަކުވެސް ތޫފާންތަށް އަރައެވެ. މިދިޔަ އަހަރު ނޮވެންބަރު މަހު ބޭ އޮފް ބެންގާލް ގައި އުފެދުނު ބާރުގަދަ ތޫފާން "ގާޖާ" އިންޑިއާގެ ޓެމިލް ނާޑޫއަށް އަރައި، 45 އަށް ވުރެން ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނަޝް

    އަދި އެއާއެކު ރާއްޖެއިން އެބަ ފޮނުވާ މިހާތަނަށް ރާއްޖެއިން ފެނުނު އެންމެ ނުރައްކާތެރި މުޖުރިމު...މޯދީ ރާއްޖެ އާއިރު ބުންޏޯ އެ ސޮރު ފޮނުވާލަބަލާށޭ....އިންޑިޔާމީހުން ވަރަށް ސަމާލްވާންޖެހޭނެ... ސަރުކާރުގެ ބޮޑުންގެ ޖީބަށް މި ބުނާ މުޖުރިމު މިހާރުވެސް ދަނީ ހަދިޔާ އަޅަމުން...އޭނާ އަތުގަ އޮންނާނެ ވަރަށް ލާރި...ދިވެހި ސަރުކާރަށްވުރެ އޭނާގެ ތަނަވަސްކަން ބޮޑުވާނޭ..

    23
  2. سبحان الله

    ތޫފާން ތަކާ އެއްޗެހި ނާރާ ފާޑަކަށް ނޫން ތިތާ މީހުން ތިއުޅެނީކީ!
    ދެންވެސް ބިރުވެތި ވެބަލަ ހެޔޮނުވާނެ!

    29
  3. ދިރާސާ

    މިތޫފާނުން ހުރިހާ މުސްލިމުން ސަލާމަތްކުރައްވައި އަދި އެހެން ދީންތަކުގެ މީހުންނަށް މާތްﷲ ތެދުމަގު ދައްކަވައިފާންދޭވެ. އާމީން

    44
  4. ޖިންނި

    އަލްޙަމްދުލިﷲ

    26
    1
  5. އަބްދުއްލާ

    އަލްޙަމްދުލިﷲ އަލްޙަމްދުލިﷲ އަލްޙަމްދުލިﷲ އަލްޙަމްދުލިﷲ އަލްޙަމްދުލިﷲ އަލްޙަމްދުލިﷲ އަލްޙަމްދުލިﷲ އަލްޙަމްދުލިﷲ އަލްޙަމްދުލިﷲ އަލްޙަމްދުލިﷲ އަލްޙަމްދުލިﷲ އަލްޙަމްދުލިﷲ

  6. ގޯދީރާޖާ ފްރޮމް modivs

    އެހީގެ ގޯނި ޝިޕްމެންޓެއް އެބަ ފޮނުވަން ވަރަށް އަވަހަށް.

  7. އައްޓަމަސް

    ތިޔަތޫފާންއަށް އިބޫ ކިޔަން ފެންނަނީ

    1
    1
  8. ތިތޫ

    ތި ތޫފާނުގައި ހުރިހާ މުސްލިމުން ސަލާމަތް ކުރައްވާށި އާމީން!