އިންޑިއާ ސިފައިން ހަނގުރާމަވެރި ޖަމާއަތަކަށް ނިސްބަތްވާ މީހަކަށް ދިން ބަޑީގެ ހަމަލާއެއްގައި ކަޝްމީރުގެ ދެ ޒުވާނުން ޝަހީދުވެ އިތުރު މީހަކު ޒަހަމް ވެއްޖެއެވެ.

ކަޝްމީރުގެ ޕުލްވާމާގައި ދިން މި ހަމަލާގައި ޒަހަމުވި މީހާއަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. ސިފައިން ހަމަލާ ދިނުމުން ހަނގުރާމަވެރިޔަކު ރައްދުގައި ސިފައިންނާއި ދިމާއަށް ބަޑި ޖެހި އެވެ. ބަޑި ޖެހި މީހާ ހޯދުމަށް ކަޝްމީރުގެ ފުލުހުން މިހާރުވަނީ މަސައްކަތް ފަށާފައެވެ.

އިންޑިއާ ސިފައިންގެ ހަމަލާގައި ޝަހީދުވި ދެ ޒުވާނުންނަކީ ހަނގުރާމަވެރި ޖަމާޢަތަކަށް ނިސްބަތްވާ ބައެއް ނޫނެވެ.

ކަޝްމީރުގައި ހަރަކާތްތެރިވާ އިންޑިއާގެ ފުލުހުން މި ބަޑީގެ ހަމަލާތަށް ދިނީ ޖަނާޒާއެއްގެ ތެރެއަށެވެ. މި ޖަނާޒާގައި އެތަށް ހާސް އާންމުން ދިޔައީ ބައިވެރިވަމުންނެވެ.

މިހާރު އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރަކީ ޕާކިސްތާނުގެ ބައެއް ކަމަށް ޕާކިސްތާނުން ބުނެއެވެ. އިންޑިއާ ސިފައިން ކަޝްމީރު އަޅުވެތި ކުރި ފަހުން ވަނީ ކަޝްމީރުގެ ކުށެއް ނެތް 70000 މީހުން ޝަހީދުކޮށްލާފައެވެ.

1989 ވަނަ އަހަރުން ފެށިގެން ހަނގުރާމަވެރިން ދޭތެރެ ދޭތެރެއިން އިންޑިއާ ސިފައިންނަށް އަމާޒުކޮށް ހަމަލާތައް ދެއެވެ. ކަޝްމީރުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިން ވަކާލާތު ކުރަނީ ކަޝްމީރަކީ ވަކި ގައުމަކަށް ހަދާށެވެ.

1990 އަހަރުން ފެށިގެން އިންޑިއާއިން ކަޝްމީރުގައި ހިންގާ ގަތުލުއާންމާއި މި ގަތުލުއާންމުތަކުގައި އަނިޔާ ލިބުނު އަދި މަރުވި މީހުންނަށް އިންސާފު ހޯދައިދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލު ހޯދަން އދ ގެ ތިން ސްޕެޝިއަލް ރެޕެޓުއަރުން ލިޔުމުން އެދުމުން އިންޑިއާއިން ވަނީ ޖަވާބުދާރީވާން ދެކޮޅު ވެސް ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުއްލަޠީފު

    ދެންވެސް ގެރިމޯދީ ގެނެސް އަންމަގެ ފައްޓަރުބައިވެސް ކަރުގަ އަޅުވާފަ ދޫކޮށްލާ. ހުންނާނެ ފިސާރި ރަގަޅަށް ނިޝާނުލް ޣާޒީ ގެ ޢިއްޒަތްތެރި ވެރިޔާ ވެފަ. މޮޔަ ބައިގަނޑުގެ ވެރިޔަކަށް ވެސް ހުންނާނީ އެމީހުން ކަހަލަ މީހެއް.