ތައިލޭންޑްގަައި އަންހެނަކު ތުއްތު ކުއްޖަކު ވިހެއުމަށް ފަހު ޑަސްބިނަކަށް ލާފައި ފިލަައިފިއެވެ.

އުމުރުން 29 އަހަރުގެ ވަރަޕޯން ނަމަކަށް ކިޔާ މި އަންހެން މީހާ ވިހާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި އަންހެން މީހާ ދަރިފުޅު ޑަސްބިނަށް ލީ ދަރިފުޅު ނުބެލޭނެ ކަމަށް ބުނެއެވެ.

ވިހެއުމަށް ފަހު ތުއްތު ދަރިފުޅު ޑަސްބިނަށް އެއްލާލުމަށް ފަހު މަންމަ ފިލާ ސީސީ ޓީވީ ޕުޓޭޖު މިހާރު ވަނީ ފުލުހުން އާންމު ވެސް ކޮށްފައައެވެ. ފުލުހުން ބުނިގޮތުގައި މި އަންހެން މީހާ ކުރި ކުށް އެ ވީޑިއޯއިން ވަރަށް ސާފުކޮށް ފެނެއެވެ.

ފުލުހުން އާންމު ކޮށްފައިވާ މި ވީޑިއޯއިން ފެންނަ ގޮތުގައި މި އަންހެން މީހާ މަގުމެދަށް ސައިކަލް މަޑު ކުރުމަށް ފަހު ކަޅު ކޮތަޅެއް ހިފައިގެން ފައިބައެވެ. އަދި މި ކަޅު ކޮތަޅު ޑަސްބިނެއްގެ ތެރެއަށް އެއްލާލުމަށް ފަހު އޭނާ އެތަނުން ދެއެވެ.

މި ވީޑިއޯ އާންމުވުމާއި ގުޅިގެން ފުލުހުން މި މައްސަލަ ބަލަން ފަށާފައިވާއިރު އެ އަންހެން މީހާ ވެސް ވަނީ ކުށަށް އިއުތިރާފްވެފައެވެ.

ޑަސްބިނަށް ލާ އެއްލާލި ކުއްޖާ ޑަސްޕިނުގައި އެތަށް ގަޑިއިރުތަކެއް ހޭދަ ކުރިއެވެ. ނަމަވެސް ކުއްޖާ މަރު ނުވަނީސް ވަނީ ސަލާމަތް ކުރެވިފައެވެ. ކުއްޖާ ސަލާމަތް ކުރީ އެސަރަހައްދުން ދިޔަ މީހަކަށް ތުއްތު ކުއްޖަކު ރޯ އަޑު އިވިގެންނެވެ. އޭރު އެކުއްޖާ އޮތީ ނޭވާ ހާސްވެ މަރުވާން ކައިވެފައިކަމަށް ޑޮކްޓަރުނާއި ހަވާލާދީ ރިޕޯޓްތަށް ބުނެއެވެ.

ޖިންސީ ގުޅުން ހިންގުން އެއްވެސް ހައްދެއް ނެތި ހުއްދަކޮށްފައި އޮންނަ ތައިލެންޑްގައި ވިހެއުމަށް ފަހު ކުދިން މެރުމާއި، ކުދިން އެއްލާލުމަކީ ވަރަށް އާއްމު ކަމެކެވެ.