އިންޑިޔާގައި 5 އަހަރާއި 14 އަހަރާއި ދެމެދުގެ 10.2 މިލިޔަން ކުޑަކުދިން ލައްވާ އަޅު މަސައްކަތް ކުރުވާ ކަމަށް ޔުނިސެފްއިން ހާމަކޮށްފިއެވެ.

ޔުނިސެފްއިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އިންޑިޔާގައި މިހާރު އެކްޓިވްކޮށް ޖުމްލަ 10.2 ލައްވާ މަސައްކަތް ކުރުވާ ކަމަށެވެ. މީގެ ތެރޭގައި 5.6 މިލިޔަން ފިރިހެން ކުދިންނާއި 4.5 މިލިޔަން އަންހެން ކުދިން ހިމެނޭ ކަމަށްވެސް މި ރިޕޯޓްގައި ބުނެފައިވެއެވެ. އަދި މިނަންބަރު ދުވަހެއް ދުވަހަކަށް ދަނީ މަތިވަމުންނެވެ.

އިންޑިޔާގެ ސްޓޭޓްތަކަށް ބަލާއިރު، ކުޑަކުދިން ލައްވާ އެންމެ ގިނައިން މަސައްކަތް ކުރުވަނީ އުއްތަރަ ޕްރަދޭޝްގައެެވެ. ދެން ބިހާރުގައެވެ. މިލިސްޓްގައި ތިން ވަނައިގައި އޮތީ، ރާޖިސްތާނެއެވެ.

އިންޑިޔާގައި މިގޮތަށް ކުޑަކުދިން ލައްވާ އާއްމުކޮށް މަސައްކަތް ކުރުވަނީ އިންޑިޔާގެ މުއްސަދިންނެވެ. އަދި އެމީހުން ލައްވާ މަސައްކަތް ކުރުމަށްފަހު އެވްރެޖްކޮށް 3 ޑޮލަރު ދުވާލެއްގެ މައްޗަށް ދެއެވެ. މިގޮތަށް ކުޑަކުދިން ލައްވާ މަސައްކަތް ކުރުވުމަކީ މަނާކަމެއް ކަމުގައިވީނަމަވެސް ، މިކަން ހައްލު ކުރުމަށް މާގިނަ މަސައްކަތްތަކެއްކޮށްފައިއެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުއްލާ

    ޔުނިސެފްއިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އިންޑިޔާގައި މިހާރު އެކްޓިވްކޮށް ޖުމްލަ 10.2 ލައްވާ މަސައްކަތް ކުރުވާ ކަމަށެވެ. މީގެ ތެރޭގައި 5.6 މިލިޔަން ފިރިހެން ކުދިންނާއި 4.5 މިލިޔަން އަންހެން ކުދިން ހިމެނޭ ކަމަށްވެސް މި ރިޕޯޓްގައި ބުނެފައިވެއެވެ. އަދި މިނަންބަރު ދުވަހެއް ދުވަހަކަށް ދަނީ މަތިވަމުންނެވެ.

    މިވަރުގެ ރަހުމު ކުޑަ ވެރިންނަށް " ދޮންބަންޑާރައިންގެ" ލަގަބު ދިނުަކީ ހެޔޮވެރިކަމޭ އިންސާފޭ ތޯ؟

    10