ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން ސައުދީގެ އެއާޕޯޓަކަށް އަމާޒުކޮށް ދިން މިސައިލް ހަމާތަކުގައި 26 މީހުން ޒަހަމުވެއްޖެއެވެ.

ހޫތީން ހަމަލާދީފައިވަނީ ސައުދީގެ ރަށެއް ކަމުގައިވާ އައްބާގެ އެއާޕޯޓަކަށެވެ.

މި ހަމަލާތަކުގައި ޒަހަމުވެފައިވަނީ އެ އެއާޕޯޓްގައި ހަރަކާތްތެރިވަމުންދިޔަ އެކި ގައުމު ތަކަށް ނިސްބަތްވާ 26 ފަސިންޖަރެކެވެ.

މީގެ ކުރިން ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައުދީގެ ވެރިރަށް ރިޔާދަށް ފޮނުވާ މިސައިލްތަކުގެ މައްސަލާގައި އިރާނާއި ސައުދީގެ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ޔަމަނުގެ ހޫތީންނަށް ނުރައްކާތެރި ހަތިޔާރާއި މިސައިލް ފޯރު ކޮށްދެނީ އިރާނުން ކަމަށް ވަލީއަހުދު މީގެ ކުރިންވެސް ވަނީ ތުހުމަތު ކުރައްވާފަ އެވެ. އަދި ސަރަހައްދުގެ ހަމަޖެހުން ނަގާލަން އިރާނުން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ސައުދީން ގެންދަނީ ކުރަމުންނެވެ.

މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ވަރުގަދައަށް ބަޑީގެ ހަމަލާތައް ބަދަލުކޮށްފައިވަނީ، ރިޔާޟްގެ އަލްޚުޒާމާ އަވަށުގައެވެ. އެއީ، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ޝަހީ ގަނޑުވަރުކޮޅާއި، އަދި ޝަހީ އާއިލާގެ އެހެން ބައެއް ބޭފުޅުންގެ ގަނޑުވަރުތައްވެސް ހުންނަ އަވަށެވެ.

ކިޔުންތެރިންގެ ހިޔާލު