ފާއިތުވެދިޔަ 20 އަހަރު ތެރޭ އިންޑިއާގެ ހުޅަގު އައްސޭރި އަށް އަރާ އެންމެ ބާރުގަދަ ތޫފާން މިއަދު އިންޑިއާގެ ގުޖުރާތަށް އަރާނެ ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ހާމަ ކޮށްފިއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި ގަޑިއަކު މިހާރު 145 މޭލު ބާރު މިނުގައި ވައިޖެހެމުންދާ މި ތޫފާން މިހާރުވަނީ ކޮންމެވެސް ވަރަކަށް ބާރު ދަށްވާން ފަށާފައެވެ. އެހެން ނަމަވެސް ތޫފާނުގައި ގުޖުރާތަށް ބޮޑެތި ގެއްލުތަކެއް ލިބޭނެ ކަމަށް ބަލާ ތިން ލައްކަ އަށް ވުރެން ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ތޫފާނަށް ތައްޔާރުވުމުގެ ގޮތުން ވެސްޓް އިންޑިއާ ރެއިލް ވޭސް އިން ވަނީ 30 އަށް ވުރެން ރެއިލް ކެންސަލް ކޮށް އިތުރު ރެއިލް ދަތުރުތަށް ފަހުގެ ތާރިހަކަށް ބަދަލުކޮށްފައެވެ.

ތޫފާނުގެ ލިބިދާނެ ގެއްލުމަކަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ ވައިގެ ސިފައިންގެ އިތުރުން ކަނޑުގެ ސިފައިން ހިމެނޭ ގޮތަށް ވަނީ 53 ޓީމެއް އެކުލަވާލައި ތައްޔާރީ ހާލަތަށް ގެނެސްފައެވެ.

މިއީ މި އަހަރުގެ މިހާތަނަށް އިންޑިއާއަށް އަރާ ދެވަނަ ތޫފާނެވެ. މިދިޔަ މަހު އިންޑިއާގެ އިރުމަތީ ސަރަހައްދު ތަކަށް އެރި ތޫފާން ފަނީ ގައި 7 މީހުން މަރުވެ ގިނަ ގެއްލުންތަކެއް ވިއެވެ.

ތޫފާން ވޭޔު މިއަދު އިންޑިއާގެ ހުޅަނގު އައްސޭރިފަށަށް އަރާއިރު ތޫފާނުގައި 2 މީޓަރުގެ އުސް ބާނި އުފެދޭނެތީ މަސްވެރިން ކަނޑުމަތީގައި ނޫޅުމަށް އިންޑިއާގެ ކޯސްޓުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ތީފާނުގައި ބޯކޮށް ބާރެވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެއްވެތީ އެމެޖެންސީ ޓީމުތަށް ވަނީ އެލާޓަށް ގެނެސްފައެވެ.