ލަންކާގައި މިދިޔަ އޭޕްރީލް މަހު ދިން ނިރުބަވެރި ހަމަލާތަކުގައި، ޖާނުން ފިދާވެގެން ބޮމުގެ ހަަމަލާދިން ޒަހްރާން ހާޝިމީގެ އެކުވެރިއެއް އިންޑިއާގެ ޓެމިލްނާޑޫ އިން ހައްްޔަރުކޮށްފި އެވެ.

ރިޕޯޓްތަށް ބުނާގޮތުގައި އިންޑިއާގެ ނެޝަނަލް އިންވެސްޓިގޭޝަންް އެޖެންސީން (އެންއައިއޭ) އިން އުމުރުން 32 އަހަރުގެ މުހައްމަދު އަޒަރުއްދީން ނަމަކަށް ކިޔާ މީހާ ހައްޔަރުުކުރީ އައިއެސް އާ ގުޅުން ހުރި މީހުން އުޅޭ ކަމަށް ބެލެވޭ ހަތް ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

އަޒަރުއްދީނަކީ ޓްރެވެލް އެޖެންސީއެއް ހިންގާ މީހެކެވެ. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ މާސްޓަރ މައިންޑް ލަންކާގެ ނެޝަނަލް ތައުހީދު ޖަމާއަތުގެ ވެރިޔާ ޒަހްރާން ހާޝިމީގެ އެކުވެރިޔާ ހައްޔަރު ކުރީ ޓެމިލްނާޑޫގެ ކޮއިމްބަތޫރުންނެވެ. ކޮއިމްބަތޫރުގައި އައިއެސް ފިކުރު ފަތުރާ މީހުންގެ ތެރެއިންް އެންމެ އިސް މީހަކީ މީނާ ކަމަށް އެންއައިއޭ އިން ތުހުމަތު ކުރެ އެވެ.

ލަންކާއަށް ދިން އެ ހަމަލާތަކުގައި 250 މީހަކުވަނީ މަރުވެފައެވެ. އަދި 500 އަށްވުރެގިނަ މީހުން ޒަހަމްވިއެވެ.

ބޮމުގެ އެ ހަމަލާތަކަށް ފަހު ލަންކާ އަދި ވެސް އާއްމު ހާލަތަކަށް ނާދެއެވެ.

ލަންކާގެ ނުވަ ތަނަކަށް ބޮމުގެ ހަމަލާތައް ދީފައި ވެއެވެ. އެ ހަމަލާތަކާއި ގުޅިގެން ގިނަ ބަޔަކު ހައްޔަރުވެސްކޮށްފައި ވެއެވެ. އަދި އެ ހާދިސާއަށްފަހު ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަންތަކާއި ތަހުޤީޤުތައް އަދިވެސް ދަނީ ކުރިޔަށެވެ.

ކިޔުންތެރިންގެ ހިޔާލު