އިންޑިއާއިން ޖައްވަށް ފޮނުވާ ދެވަނަ ޖައްވީ އުޅަނދު ދައްކާލައިފިއެވެ.
އަންނަ މަހު ފޮނުވާ "ޗާންދުރަޔާން 2" ގެ ނަމުން ނަންދީފައިވާ މި އުޅަދު ދިގު ރާސްތާއަކަށް ފަހު ޖައްސާނެ ކަމަށް ބެލެވިފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ޗާންދުރަޔާން 2 ގެ މަސައްކަތަކަށް ވާނީ ހަނދުގެ މަތީ ފަށަލާގައި ހުރި ފެނާ މިނަރަލާއި ގަލުގެ ސާމްޕަލްތަކުން މައުލޫމާތު ހޯދައި އެއްކުރުމެވެ.
ހަނދުގައި ހަރަކާތްތެރިވާ މި އުޅަދު 14 ދުވަސް ވަންދެން ހަނދުގައި މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރި ވާނެ އެވެ.
އިންޑިއާއިން މީގެ ކުރިން 2008 ގައި "ޗާންދުރަޔާާން 1" ޖައްވަށް ފޮނުވި ނަމަވެސް އެ އުޅަނދު ހަނދުގައި ބަނދަރުކޮށްފައެއް ނުވެއެވެ.
ދުނިޔޭ ގައުމުތަކުގެ ތެރެއިން ހަތަރު ވަނައަށް ހަނދަށް އުޅަނދެއް ބަނދަރު ކުރުވި ގައުމުގެ ލަގަބު އިންޑިއާގެ މި ދަތުރު ކާމިޔާބުވެއްޖެ ލިބޭނެއެވެ.
ޖަޕާން ,ޗައިނާ އާއި އިންޑިއާ އިން ވެސް ޖައްވީ ޕްރޮގްރާމްތައް ފުޅާކުރަމުން އަންނަ އިރު ނާސާ އާއި އެ ނޫން ވެސް ޖައްވީ އިދާރާތަކުން އަންނަނީ 2030ގެ އަހަރުތައް އަންނަންވާ އިރަށް މާސް އަށް އެސްޓްރޮނޯޓުން ފޮނުވަން ބުރަކޮށް މަސައްކަތްކުރަމުންނެވެ.
ހަނދަށް ދިއުމުގެ ގާބިލުކަން ލިބިފައި ހުއްޓަސް ކުރަންޖެހޭ ހަރަދާއި އަޅާ ބަލާ އިރު އިންސާނުން ހަނދަށް ފޮނުވުމަކީ ހަގީގަތުގައިވެސް ބޭކާރު ކަމެކެވެ. ސަބަބަކީ އިންސާނުންގެ ފުރާނަ ގުރުބާން ނުކޮށްވެސް މިހާރު ހަނދުގެ ދިރާސާތަށް ކުރެވެން އޮތުމެވެ.
ހަވާދު ފުނޑާ މެށިނަކާ ވައްތަރީ!
ތީތި ވައްތަރީ އަސްގާޑިޔަލަކާ.. އިންޑިޔާމީހުން އަރުވާ ސެޓެލައިޓު ފެންނަނީ އެއްގަމައް ވެއްޓިފަ އޮއްވާ..
ކޮބާ ތުނބުޅު ކުދިން ކީކޭ ބުނަނީ؟