އިންޑިޔާގެ ޤައުމީ ކްރިކެޓް ޓީމްގެ ކެޕްޓަން ވިރާޓް ކޯލީގެ ކާރު ސާފު ބޯ ފެނުން ދޮވުނު މައްސަލައިގައި، އޭނާ 500 ރުޕީސްއިން ޖޫރި މަނާކޮށްފިއެވެ.

ވިރާޓް ޖޫރިމަނާކޮށްފައިވަނީ "ދަ މުނިސިޕަލް ކޯޕަރޭޝަން އޮފް ގުރުގްރަމް" އިންނެވެ. އޭނާ ޖޫރިމަނާކޮށްފައިވަނީ އޭނާގެ އަވައްޓެރިއަކު ޖެއްސި މައްސަލަ އަކާ ގުޅިގެންނެވެ.

މިމައްސަލައިގައި ބުނެފައިވަނީ ވިރާޓްގެ ގޭގެ ބޭރުގައި ބާއްވާފައި އޮތް އޭނާގެ ކާރު ސާފު ފެނުން ދޮވެފައިވާ ކަމަށާއި މިކަމުގައި އެތައް ސަތޭކަ ލީޓަރެއްގެ ފެން އިސްރާފްކޮށްފައިވާ ކަމަށެވެ. ވިރާޓްގެ ކާރު ދޮވެފައިވަނީ އޭނާގެ ނޯކަރެކެވެ.

ވިރާޓްގެ ކާރު ބޯފެނުން ދޮވުން މައްސަލައަކަށްވެފައިވަނީ އިންޑިޔާގެ އެކި ހިސާބުތަކުގައި ބޯ ފެނަށް ޖެހިގެން އުޅޭ ދުވަސް ވަރެއްހައި މިފަދަ ކަމެއް ވުމުންނެވެ.

ވިރާޓް މިމައްސަލައިގައި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، މިކަމާ ގުޅިގެން އޭނާއަށް ދަނީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވަމުންނެވެ. ވިރާޓް އަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާގެ ފިރިމީހާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ ހަމީދު

    ތީގަ ގޯސް ވާނީ ނޯކަރު މީހާ، އަދި ތިޔަ ފައިސާ ކަނޑާނީވެސް އެފަކީރުގެ މުސާރައިންތޯއްޗެއް...

    10
    1
  2. ާއަހުމަދު

    މާގިނަ 5 ރުޕީސް ރަގަޅު