ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި "ހަލާލް " ނައިޓް ކްލަބެއް ހުޅުވި މައްސަލަ އެޤައުމުގެ މުނިފޫހި ފިލުވުމާ ބެހޭ ވުޒާރާއިން ބަލަން ފަށަައިފިއެވެ.

އެޤައުމުގެ މުނިފޫހިފިލުމުގެ އިދާރާ ކަމަށްވާ، ޖެނެރަލް އެންޓަޓެއިންމެންޓް އޮތޯރިޓީ އިން ބުނެފައިވަނީ އެޤައުމުގައި ނައިޓް ކްލަބެއް ހިންގުމުގެ ހުއްދަ އެއިދާރާއިން ނުދޭ ކަމަށެވެ. އެއިދާރާއިން ބުނެފައިވަނީ، "ހަލާލް"ނައިޓް ކުލަބަކަށް އެއްވެސް އިރަކު ހުއްދަ ނުދޭ ކަމަށާއި ކޮންޓްރެކްޓް ހެދީ އެހެން ޕްރެޖެކްޓް އަކަށް ކަމަށެވެ. އަދި ޕްރެޖެކްޓް ހެދި ފަރާތުން ޤަވާއިދާ ޚިލާފުވެ، އޮޅުވާލުމެއްގެ ތެރޭގައި ބާއްވާ މިފަދަ ކަމެއް ކުރުވީ ކަމަށްވެސް އެއިދާރާއިން ހާމަކުރެއެވެ.

މިނައިޓް ކްލަބަށް ބަލާލާއިރު، މިތަނަށް ކުޑަކުދިން ވަނުންވަނީ މަނާކޮށްފައެވެ. އަދި ބަނގުރާވިއްކުން ފަދަ ކަންކަންވެސް މިކްލަބްގައި ކުރުންވަނީ މަނާކޮށްފައެވެ.

ސަޢުދީގެ ސަރުކާރަށް މިކަމާ ގުޅޭ ގޮތުން ފާޅުގައި އެއްޗެއް ބުނެފައިވަނީ، ސައުދީގެ ސަރުކާރާއި ދެކޮޅަށް އެޤައުމުގައި ގިނަ ބަޔަކު ޚިޔާލުފާޅު ކުރަމުންދާތީއެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުގެ މުސްލިމުންވެސް ސައުދީން މިފަދަ ކަމަކަށް ޖާގަ ދިނުމުން އެކަމަށްދަނީ ފާޑު ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖުހަ

    ސައޫދީއެއެއް ނެތް ހިތާމައިގެ ކޮޅެއްނެތް ކީއްކުރާނި މުސްލިމް ޤައުމުތައް ސުންނާފަތިވެ ގޮސް ނިމެނީ

    45
    4
  2. ތިމަންނަ

    ގަނޑިޔާ! ތިޔައޮތީ ރާއްޖެއަށް ތިޔަ ފުރުސަތު ލިބުމުގެ މަގު ފަހިވެފައި ….

    19
    10
  3. އިބޫ ހުޅުމާލެ

    އެހެން ވީމައި ހަލާލް ޒިނޭވެސް އަދީ ސައުދީގައި ފާޅުވާނެތާ..

    48
    3
  4. ޢަލީ

    ޔަހޫދީންގެ ރޭވުން

    25
    6
    • ސަވީލް

      ޔަހޫދީންނެއް ނޫން ހުރިހާ ނުބަޔަކީ.. މުސްލިމުންގެ ވެރީންގެ ނުބައި އަދި މާ ނުރައްކާ..

      11
  5. ލަވް

    ފަހު ޒަމާނަށް އައިސް ބަނގުރާ ވެސް ހަލާލު ކޮއްގެން މުސްލިމުން ބޯނެ ކަމަށް އަންގަވާފައިވޭ. ަ

    29
    2
  6. 《》

    ދި އެންޑް އިޒް ނިއަރ.

    11
    1
  7. އަޒޫލް

    ދެން ހައްޖުކޮއްލައިގެން އުމުރާކޮއްލައިގެން ނައިޓްކުލަބުގައި 3 ދުވަސް މަޑުކޮއްލާފައި ދާގޮތައް ހައްޖުއުމްރާ ޕެކޭޖު ތައާރަފް ނުކިއްފިއްޔާ ރަނގަޅު.