އެމެރިކާގެ އަރިޒޯނާ އަދި މެކްސިކޯ ގުޅޭ ބޯޑަރު ސަރަހައްދުން މަރުވެފައިވާ އިންޑިއާގެ އަންހެން ކުއްޖެގެ ހަށިގަނޑު ފެނިއްޖެއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި އުމުރުން 7 އަހަރުގެ މި އަންހެން ކުއްޖާގެ ހަށިގަނޑު ފެނުނީ ހަނަފަސް ސަރަހައްދަކުން ބޯޑާ ސަރަހައްދު ޕެޓްރޯ ކުރާ އޮފިސަރުން ތަކަކަށެވެ.

އެމެރިކާގެ ބޯޑާ އެންޑް ކަސްޓަމްސް ޕްރޮޓެކްޝަން އިން ބުނީ މި އަންހެން ކުއްޖާ އެންމެ ފަހުން ދަތުރު ކުރީ ހަތަރު މީހަކާއި އެކު ކަމަށާއި އެމީހުން މި އަންހެން ކުއްޖާ ބޯޑަރު ސަރަހައްދަށް ދޫކޮށްލީ ކަމަށެވެ. އަދި މި މީހުނަކީ އިންސާނީ ވަގުފާރި ކުރާ ބައެއް ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ.

އެމެރިކާގެ ބޯޑާ އެންޑް ކަސްޓަމްސް ޕްރޮޓެކްޝަން އިން ވަނީ މި ކުޑަ އަންހެން ކުއްޖާގެ މަންމަ ކަމަށް ބެލެވޭ އަންހެނަކާއި އެކު އިތުރު އަންހެނެއް އެމެރިކާއަށް ވަގަށް ވަންނަން މައްސަކަތް ކުރަނިކޮށް އިއްޔެ ބޯޑަރު ސަރަހައްދުން ހައްޔަރު ކޮށްފައެވެ.

މި ހާދިސާ އެމެރިކާއިން އިތުރަށް ތަހުގީގު ކުރަމުން ދާައިރު އެމެރިކާގެ ރައީސް ޑޯނަލްޑް ޓަރަންޕް ވަނީ އިންސާނީ ވަގުފާރި ހުއްޓުވުމަށް އެމެރިކާ އަދި މެކްސިކޯ ގުޅޭ އިމުގައި ބޮޑު ފާރެއް ރާނަން ވައުދުވެފައެވެ.

މެކްސިކޯގެ ރައްޔިތުން ބުނާ ގޮތުގައި މި ފާރުގެ ސަބަބުން އެގައުމުގެ ރައްޔިތުންނަށް ނަސްލީގޮތުން ތަފާތުކުރުންތައް ކުރިމަތިކުރުވުމުގެ އިތުރުން އެގައުމުގެ އިގްތިސާދަށް ގެއްލުން ވާނެ އެވެ.

އެމެރިކާގެ ޕެންޓަގަން އިން ވަނީ ބޯޑަރުގައި ސެކިއުރިޓީ ދިނުމަށް 800 އަށް ވުރެ ގިނަ އަސްކަރިއްޔާގެ މީހުން ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރި ވުމަށް ހުއްދަ ދީފައެވެ. ފާރުގެ އަގު ހޯދާނީ މެކްސިކޯ އިން އެތެރެކުރާ މުދަލުން 20 ޕަސެންޓުގެ ޓެކްސްއެއް ނަގައިގެން ކަމަށް ވައިޓްހައުސް އިން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު