ފީނަން ދިޔަ ޑައިވަރަކަށް ބޮޑު ބޯވައެއް ހަމަލާ ދީފިއެވެ.

ޖަޕާނުގެ ބޭރުން ކަނޑަށް ފީނަން ދިޔަ ޖަޕާނުގެ ރައްޔިތަކަށް ބޮޑު ބޯވައެއް ހަމަލާ ދީފިއެވެ. ޑޮކުމެންޓްރީއެެއް ހަނދަން ޖަޕާނުގެ އައްސޭރި ފަށަށް ފީނި މި ޑައިވަރަށް ބޯވައެއް ހަމަލާދޭ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ބޯވައެއް ފަހަތުން އައި ޑައިވަރުގެ ގައިގަ އޮޅިގަނެ އޭނާ އަޑިއަށް ގެންދަން މަސައްކަތް ކުރެއެވެ. ނަމަވެސް ފަހުން އޭނާ ގައިން ނެއްޓި ބޯވަ އަޑިއަށް ދެއެވެ.

https://m.youtube.com/watch?v=X8LpglYEfvI

ޔޫޓިއުބްގައި ވީޑިއޯ ދައުރުވެ، އެއަށް މިހާތަނަށް ލިބުނު ވިއުސްގެ އަދަދު ވަނީ 7 މިލިއަނަށް ވުރެ މައްޗަށް އަރައިފަ އެވެ.

ފްލެޕް ޖެކް ބޯވައިގެ ގޮތުގައި މަޝްހޫރުވެފައިވާ މި ބާވަތުގެ ބޯވަތައް ދިރިއުޅެނީ ޕެސިފިކް ކަނޑުގެ 450 މީޓަރު (1476 ފޫޓު) އަޑީގައިއެވެ. މި ބޯވަ ވަރަށް ބޮޑު ކަމަށް ދައްކާއިރު، އޭގެ ފައިތައް ހުންނަނީ ގުޅިފައެވެ. އަދި މަސް މަހާއި މެހީގެ ނިގޫ ހުންނަ ގޮތަށް އެސޮރުގެ ބޮލުގައި ވެސް މިފަދަ ނިގުލެއް ފެންނަން އިނދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޯވަ ބެ

    ދޮން ކަލޯ ފައިތައ ގުޅިފައެއް ނޫންއެހުރީ އެ ބޯވަ ހުންނަ ގޮތް . ބޮޑެތި ވީމަ .. ވީޑިއޯ ދިހަ ފަހަރު ބެލި އިރުވެސް ތި ބުނަ ނަގުލެއް ނު ފެނުން .. އަނެއްކާ ބޯވަ ބޮލައް ބާ ނަގުލޭ މި ބުނީ ..

    16