އިންޑިއާގެ ކެރެލާގެ އަލްޕުޒްހާ ޑިސްޓްރިކްޓްގައި އަލިފާން ރޯކޮށްލި އަންހެން ފުލުސް އޮފިސަރު މަރުވެއްޖެއެވެ.

ސިވިލް ޕޮލިސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އެ އަންހެން މީހާގެ ގައިގާ އަލިފާން ޖަހާފައި ވަނީ އޭނާއާއެކު މަސައްކަތް ކުރަމުން ދިޔަ އެހެން ފުލުހުންގެ އޮފިސަރެކެވެ.

އެ އަންހެން ފުލުސް މީހާ ގެއަށް ދަނިކޮށް އޭނާގެ ގަޔަށް ޕެޓްރޯލް އަޅާ އޭނާގެ ގައިގާ އަލިފާން ޖަހާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

އުމުރުން 32 އަހަރުގެ ސޫމިއާ ޕުޝްޕާކަރަން ނަމަކަށް ކިޔާ އެ އަންހެން މީހާ އެ ތަނަށް މަރުވި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާގެ ގައިގާ އަލިފާން ރޯކޮށްލި ފުލުސް މީހާގެ ހަށިގަނޑުގައިވެސް އަލިފާން ރޯވިއިރު، އޭނާގެ ހަށިގަނޑުގެ 50 އިިންސައްތަ އަނދާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި މިހާރު އެ ފިރިހެން މީހާއަށް އައިސީޔޫގައި ފަރުވާދެމުން އަންނައިރު، އޭނާ ހުރީ ފުލުހުން ބެލުމުގެ ދަށުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީ

    ޔާﷲ

    29
  2. މޯދީ

    ޖޭ ހިންދު

    1
    1