އިންޑިޔާގެ ހައިދްރަބާދްގައި، މަގުމަތީގައި ތިބި ދެ ލޯބިވެރިންނާ ދިމާޔަށް މާ ގިނައިރު ބަލަން ހުރި މީހަކު ގަޔަށް ހަމަލާދީ މަރާލައިފިއެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިމީހާ މަރާލާފައިވަނީ މަގުމަތީގައި ތިބި ދެ ލޯބިވެރިންނާ ދިމާޔަށް ބެލުމުން، އޭގެ ތެރެއިން ފިރިހެން މީހާ ރުޅި އައިސްގެން، އަންހެން އޭނާގެ ގައިގައި ތަޅައިގަތުމުން ކަމަށެވެ.

މިކަން ހިނގާފައިވަނީ މި ޖޫން މަހު 13 ވަނަ ދުވަހުގެ ރޭގައެވެ. އަދި އެމީހާ މަރުވެފައިވަނީ ލިބުނު އަނިޔާ ތަކުގައި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މަރުވެފައިވަނީ އުމުރުން 21 އަހަރުގެ ފިިރިހެނެކެވެ. އަދި މިމައްސަލަ އެޤައުމުގެ ފުލުހުންދަނީ ތަޙްޤީޤް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު