ސައުދީ އަރަބިއްޔާގައި އުމުރުން 13 އަހަރުގައި ހައްޔަރު ކުރި ކުއްޖަކު ދަން ޖައްސަން އުޅޭ ކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވީނަމަވެސް އެކަން އެގޮތަށް ނުކުރާނެ ކަމަށް ސައުދީ އިން ބުނެފިއެވެ.

އަލް ޖަޒީރާ އިން ސައުދީގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ، މިކުއްޖާ ދަން ނުޖައްސާނެ ކަމަށާއި އަދި 2022 ވަނަ އަހަރު މިކުއްޖާ ޖަލުން މިނިވަން ވެދާނެ ކަމަށެވެ.

މަރަން ހުކުމް ކުރި ކަމަށް މީގެ ކުރިން ރިޕޯޓް ކުރި ކުއްޖާ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މީގެ 5 އަހަރު ކުރިން ސަޢުދީ ސަރުކާރާ ދެކޮޅަށް އޭރު ކުރަމުން ދިޔަ މުޒާހަރާއެއްގެ ތެރެއިންނެވެ. މިކުއްޖާ ފުލުހުންގެ ބެލުމުގެ ދަށުގައި 5 އަހަރު ދުވަހުވަނީ ހޭދަކޮށްފައެވެ. އަދި މިހާރު އެކުއްޖާއަށް 18 އަހަރު ފުރުމާއެކު ދަން ޖައްސަން ނިންމާފައިވާ ކަމަށް އޭރު މީޑިޔާތަކުން ރިޕޯޓް ކުރިއެވެ.

މިކުއްޖާގެ މައްޗަށް ހުކުމްކޮށްފައިވަނީ، ސަލާމަތީ ބާރުތަކާ ދެކޮޅަށް ބަޑިން ހަމަލާ ދިނުމުގެ ކުށުގެ ދަޢުވާއެވެ.

ކިޔުންތެރިންގެ ހިޔާލު