މުޅި އާޖެންޓީނާ އާއި އުރުގުއާ އިން ކަރަންޓް ކެނޑިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ދެ ގައުމުން ކަރަންޓް ކެނޑުނީ އާޖެންޓީނާ އާއި އުރުގުއާއީ އަށް ކަރަންޓް ފޯރުކޮށްދެމުން އަންނަ ޖަނެރޭޓަރުތަކަށް ބާރުބޮޑުވުމުގެ ސަބަބުން ކަަށެވެ.

ރާއްޖެ ގަޑިން މިއަދު 5:00 ޖެހިއިރު އެ ދެ ގައުމުން ކަރަންޓް ކެނޑުނުއިރު، އާޖެންޓީނާގެ ވެބްސައިޓަކާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައި ވަނީ، އެ ދެ ގައުމު އަނދިރިކަމުގައި ގަޑިއަކަށް ވުރެ ގިނަ އިރުވެއްޖެ ކަމަށާއި، ހުރިހާ ރޭލް ދަތުރުތައްވެސް ހުއްޓުމަކަށް އައިސްފައިވާކަމަށެވެ. އަދި އޭގެ ސަބަބުން އާޖެމްޓީނާގެ މުޅި މުއާސަލާތީ ހިދުމަތްތައްވެސް ވަނީ މެދުކެނޑިފައެވެ.

އާޖެންޓީނާގެ ނޫހެއް ކަމަށްވާ ދަނެޝިއޮން މިއަދު ބުނެފައިވަނީ ބްރެޒިލް އަދި ޗިލީ އަށްވެސް މިކަމުގެ އަސަރު ކޮށްފައިވާ ކަމަށެވެ. ޔޫޓީއޭ އިން ބުނެފައިވަނީ ކަރަންޓް ދިޔަތާ ގަޑިއެއްހާ އިރު ތެރޭ ބައެއް ސަރަހައްދުތަކަށް ކަރަންޓް ފޯރުކޮށްދީފައިވާ ކަމަށެވެ.
މިކަމަކީ މީގެ ކުރިން ދުވަހަކުވެސް ހިނގާފައިނުވާ ކަމަކަށް ވާތީ މި މައްސަލަ ދަނީ ބަލަމުންނެވެ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ ޓްވިޓާގައި ޝަކުވާ ކުރަމުންނެވެ.

އާޖެންޓީނާގެ ނޫހެއް ކަމަށްވާ ލަ ނެޝިއޮން މިއަދު ބުނެފައިވަނީ ބްރެޒިލް އަދި ޗިލީ އަށްވެސް މިކަމުގެ އަސަރު ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އާޖެންޓީނާ އާއި އުރުގުއޭއަށް ކަރަންޓް ދިނުމަށް ފެނަކަ އާ ހަވާލުކުރަންވީނު! އޭރުން ޝަރުޢީ ދާއިރާއަށްވެސް ކަރަންޓްދީ ޚިޔާލުފާޅުކޮށްދޭނެ!

    23
    4
  2. ޖަޒީރާ ފަލި

    ފެނަކަ އަށް ހަވާލުކުރޭ. ހައްލު އެއޮތީ

    3
    3