މަޝްހޫރު ފިލްމް ސީރީސް އެއް ކަމަށްވާ ސްޓަރ ޓްރެކްގެ ޖައްވީ އުޅަދުގެ ބައްޓަމަށް ހުރި މާސިންގާ ނިޝާނެއް ދުނިޔެއާއި ދެވަނަ އަށް އެންމެ ކައިރީގައިވާ ގުރަހަ މާސް އިން ފެނިއްޖެއެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ އޮރްބިޓަރ އަކަށް ފެނުނު މި ނިޝާން ތަކަކީ ހަގީގަތުގައި ސްޓާ ޓްރެކްގެ އުޅަދެއް ނޫނެވެ. މިއީ ބާރުގަދަ ވަޔާއި މާސްގައި ހުރި ހަލިފާން ފަރުބަދަ ތަކުން ފައިބާ ދިޔާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ނިޝާންތަކެއް ކަމަށް ސައިންސްވެރިން މިހާރު ވަނޯ ބުނެފައެވެ.

ސައިންވެރިން ބުނާގޮތުގައި މި ނިޝާންތަށް އުފެދިފައިވާ ވެލީގެ ހަރު ފަރުބަދަތައް އެތައް މޭލަކަށް ފެތުރިފައިވާއިރު މި ފަރުބަދަތަކުގެ އުސް މިނުގައި އެތައް ކިލޯމީޓަރެއް ހުންނާނެއެވެ.

މީގެ ކުރިން ވެސް މާސް އިން ދިރުން ހުރެދާނެ ކަމަށް ބެލެވޭ ތަފާތު ހައިރާން ކުރުވަނިވި ނިޝާންތަކެއް މާސް ވަށައިގެން ދައުރު ކުރަމުންދާ ނާސާގެ އުޅަދުތަކަށް ފެނިފައިވެއެވެ. ނަމަވެސް މާސްގައި ދިރުން ހުރި ކަމުގެ ނާބިތު ހެއްކެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

ދުނިޔެއާއި އެންމެ ގާތުން ދެވަނައަށް އޮންނަ ގުރަހަ، މާސްއަކީ ދުނިޔެއާއި އެއްފަދަ ނޫނަސް ދުނިޔޭގެ ބައެއް ސިފަތައް ލިބިގެންވާ ގުރަހައެކެވެ. މާސްއަކީ ދުނިޔެއާ 139 މިލިއަން މޭލު ދުރުގައިވާ ގުރަހައެކެވެ.

ހަނދަށް ނުވަތަ މާސް އަށް، އިންސާނުން ކޮންމެވެސް ދުވަހަކުން ދަތުރުކުރާނެ އެެވެ. މިއީ އަދި ޚިޔާލެއް ނަމަވެސް، އުންމީދީ ވިސްނުމެވެ.

2025 ވަނަ އަހަރުގައި މާސް އަށް އިންސާނުންނާއެކު ދަތުރު ކުރުމަށް ނާސާގެ އެސްޓްރޮނޯޓުން ދަނީ މިހާރު ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު