މިއަދު ދުނިޔޭގެ އެކި ހިސާބުތަކަށް ބާރުގަދަ ބިންހެލުންތަކެއް ނުވަތަ ލޮޅުން ތަލެއް އައިކަން ރިކޯޑް ކުރެވިއްޖެއެވެ.

ބިންހެލުންތަށް މޮނިޓަރ ކުރާ އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭގެ ރިކޯޑްތަށް ދައްކާ ގޮތުގައި ފާއިތުވެދިޔަ 24 ނުވަތަ 48 ގަޑިއިރު ތެރޭ މެޖްނެޓިއުޓް 5 ނުވަތަ އެއަށް ވުރެން މަތީގެ ގިނަ އަދަދެއްގެ ބިންހެލުންތަކެއް ވަނީ ދުނިޔޭގެ އެކި ހިސާބުތަކަށް އައިސްފައެވެ.

ކުއްލި ގޮތަކަށް މިފަދަ ލޮޅުންތަކެއް ދުނިޔެ އަށް އަންނަން ފަށާފައިވާއިރު ބިންހެލުންތަށް އަންނަމުންދާ ސަރަހައްދުތަކުގެ ތެރޭގައި ސޮލޮމަން އައިލެންޑްސް, ޖަޕާން , ނިއުޒިލޭންޑް , އިންޑޮނޭޝިއާ, އާޖެންޓީނާ ހިމެނެއެވެ.

މީގެ އިތުރުން އިއްޔެ ރޭ ވަނީ ނިއުޒިލޭންޑް އަށް 7.2 ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. އަދި މިއަދު ވަނީ އިންޑޮނޭޝިއާ އަށް 6.2 ގެ ބާރުގަދަ ބިންހެލުމެއް ރިކޯޑް ކުރެވިފައެވެ.

މި އަހަރުގެ މިހތަނަށް އައި އެންމެ ބާރުގަދަ ބިންހެލުން ރިކޯޑް ކުރެވިފައިވަނީ ޗިލީ އަށެވެ. އެއީ 8.0 ގެ ބާރުމިނުގައެވެ.

ދުނިޔޭގެ އެންމެ ބިންހެލުން އަންނަ ސަރަހައްދަކީ "ޕެސިފިކް ރިންގް އޮފް ފަޔާ" އެވެ. މި ސަރަހައްދަކީ ވަރަށް ގިނައިން ބިންހެލުންތައް އަންނަ އަދި އަލިފާން ފަރުބަދަ ގިނަ ހިސާބެކެވެ. ރިންގް އޮފް ފަޔާ ސަރަހައްދުގެ ކަނޑުއަޑީގައި 400 އަށް ވުރެ އަލިފާން ފަރުބަދަ 25،000 މޭލުގެ ސަރަހައްދަކަށް ފެތުރިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޞުބުޙާނަﷲ، ހުރިހާ ލޮބުވެތި މުސްލިމް އަޚުންނާ އުޚްތުން، ދުނިޔެ ނިމުން ގާތްވެއްޖެ، މިއީ ދުނިޔެ ނިމުމުގެ ޢަލާމާތްކަމުގައި ކީރިތި ޤުރުއާނުގެ އައިސްފަވޭ، ޢާފިލުކަންމަތީ ނުތިއްބަވާ، މުންކަރާތްތަކުން ދުރުހެލިވޭ، މިކުޑަ ވަގުތުކޮޅުގަވެސް ހެޔޮޢަމަލުކުރުންމަތީ ތިއްބެވުމައް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަން.

    81
  2. ފާތުން

    ކިތަންމެ ބިރުވެރި ކަމެއް ވިއަސް ނުބާއިކޮން އުޅޭމީހުންގެ ހިތަށް އެއްވެސް ބިރުވެރި ކަމެއް ނުވަދޭ ކައިވެނި ނުކޮށް ހަމަ އެތިބަ އެއްތަނެއްގަ ނިދާ ދުނިޔޭގަ ލެއްވިހާ ނުބައި ކަމެއް ކުރަމުން އެއްވެސް ބިރެއް ނެތި

    21