އިންޑިއާގެ 8 ލައްކަ ޑޮކްޓަރުން މުޒާހަރާ އަށް ނިކުމެއްޖެއެވެ.

ޑޮކްޓަރުންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކޮށްދިނުމަށް ގޮވާލާ އިންޑިއާގެ ގިނަ އަދަދެއްގެ ޑޮކްޓަރުން މުޒާހަރާ އަށް ނިކުތީ ބަލިމީހުންގެ އާއިލާތަކުން ޑޮކްޓަރުންނަށް ހަމަލާދީ އަނިޔާކުރާކަމުގެ ޝަކުވާއަށް އެދެވޭ ހައްލެއް އައިސްފައިނުވާތީއެވެ.

މި މުޒާހަރާގައި އިންޑިއާގެ 8 ލައްކަ އެއްހާ ޑޮކްޓަރުން މުޒާހަރާ ކުރިއިރު އިންޑިއާގެ އެކި ސަރަހައްދުތަކުގައި އުޅޭ ޑޮކްޓަރުން މުޒާހަރާއަށް އަސްލު ހަގީގަތުގައި ނިކުތީ އިންޑިއާގެ ކޮލްކަޓާގައި ހުންނަ އެންއާރުއެސް ހޮސްޕިޓަލުގައި މަސައްކަތްކުރާ ޖޫނިއާ ޑޮކްޓަރަކަށް ގުރޫޕަކުން ގޮސް ހަމަލާ ދިނުމާ ގުޅިގެންނެވެ.

ހަމަލާދިން ޑޮކްޓަރަކީ މަރުވި ޕޭޝަންޓުގެ ފަރުވާއާ ގުޅުންހުރި ޑޮކްޓަރެއް ވެސް ނޫން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއަން މެޑިކަލް އެސޯސިއޭޝަން އިން ހެދި ސާވޭއަކުން ދައްކާގޮތުގައި، އިންޑިއާގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން 75 ޑޮކްޓަރުންނަށް އެމީހުންގެ ބަލިމީހުން ހަޑިހުތުރު ބަހުން ޒުވާބުކޮށް އިންޒާރުދެއެވެ.

މި މަހު 10 ވަނަ ދުވަހު މަރުވި ޑޮކްޓަރަށް ހަމަލާ ދިނީ ހޮސްޕިޓަލުގައި މަރުވި އުމުރުން 75 އަހަރުގެ މުހައްމަދު ސައްޔިދް ނަމަކަށްކިޔާ ބަލިމީހެއްގެ އާއިލާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޮނިދޫނި

    އިންޑިޔާ ޑޮކްޓަރުން ހަމަ ކަންކްމުގަ އިހްމާލު ވާލެއް ބޮޑީ އެމީހުންނަކީ އިންސާނިއްޔަތުކަމެއް ހުރެގެން މަސައްކަތް ކުރާ ބައެއް ހެންނެއް ހިޔެއް ނުވޭ

    10
    1