އިންޑިއާއަށް މިހާރު ދިމާވެފައިވާ ހަނަފަސް ކަމާއި ވާރޭ ނުވެހި ދިގުލައިގެން ދިޔުމުގެ ސަބަބުން ފެނަށް ޖެހި އެތަށް ބަޔަކު މަރުވަމުން ދާއިރު އިންޑިއާގެ އައުރަގަބާދުގެ އުމުރުން 10 އަހަރުގެ ކުއްޖަކު މަދު ފެން ފޮދެއް ހޯދަން ތަކުރާރު ކޮށް ކޮންމެ ދުވަހަކު ކުރަމުން ގެންދާ ދިގު ދަތުރު އެތަށް ބައެއްގެ ސަމާލުކަމަށް އައިސްފިއެވެ.

އުމުރުން ދިހަ އަހަރުގެ ސިދާތު ދަނީ އާއިލާއަށް އާއި އޭނާ އަށް ބޭނުންވާނެ ފެން ހޯދަން ކޮންމެ ދުވަހަކު ރޭލެއްގައި 14 ކިލޯ މީޓަރުގެ ދިގު ދަތުރެއް ކުރަމުންނެވެ.

ކިޔެވުން މެދު ކަނޑާލުމަށް ފަހު ސިދާތު ފެން ހޯދަން ހެނދުނު ދާގޮތަށް ގެއަށް އަބުރާ ދެވެނީ އިރު އޮއްސެން ކައިރިވެފައި ހުންނަ އިރުއެވެ.

މިއީ ސިދާތުގެ އެކަނި ހާލެއް ނޫނެވެ. ފަހުގެ ތާރީހެއްގައި އިންޑިއާއަށް ކުރިމަތިވި އެންމެ ބޮޑު ހަނަފަސްކަމުގެ އަސަރު 7000 އަވަށުގެ އެތަށް މިލިއަން ބަޔަކަށް ދަނީ ކުރަމުންނެވެ.

ވާރޭ ނުވެހި އެތަށް މަހެއް ވެގެންދާއިރު އަވައްޓެރި އިންޑިއާގެ އިތުރު ބައެއް ސްޓޭޓްތަށްކަށް ހޫނު މިން ވަނީ 50 ޑިގްރީއަށް ވެސް ރިކޯޑް ކުރެވިފައެވެ. މީގެ އިތުރުން ބައެއް ސްޓޭޓް ތަކުގައި ބޯފެން ނުލިބުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ކުރިއަށް އޮތާގައި އިތުރުވާނެ ކަމަށް ބެލެވެއެވެ.

އިންޑިއާގެ މުސޫމާއި ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް ހަފްތާތަކުގައި ވެސް އިންޑިއާގެ ފިނި ހޫނުމިން މަތިވާނެ ކަމަށާއި ފިނި ހޫނު މިން އެންމެ މަތިވާނީ އުތުރުގެ ސްޓޭޓްތަަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ބަގުވާނުންތައް ކޮބާތަ؟ މަރުވީތަ؟ ނިދީތަ؟ ފިލީތަ؟ ފާޑުފާޑުގެ ބަގުވާނު ހަދައިގެން ދެންނެވިއަކަސް ނުވާނެ ނިކަން ﷲ އަށް ދަންނަވާބަލަ ނިކަން ފެން ނުލިބޭތޯ!

    33
    1
  2. ޙަމަ ޔަގީން

    ފެން ނުލިބެނީ ތި ގައުމުގެ ޖާހިލު ކަމުން ސަހާދެންހަތެއް

    4
    1
  3. ހްމް

    ތިޔަކީ ޖާ ހިލުކަމުގެ ސަޒާ

    5
    2
  4. އެކްސްޓްރީމް

    މޯޑީގެ ނުލަފާ ކަމުން އަދިވެސް ފައިސާ ހިފައިގެން އައިސް އަހަރުމެން ހައްލަން ނޫޅޭ.

    14
  5. ހަސަންބެ

    ގެރި ގޮރު ހުންނަަނެ ބޮޑުކާފަރު މޯދީ އަތުގަ.