ނިއުޒިލޭންޑްގެ ޖަޒީރާއަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ބިންހެލުން މޮނިޓަރ ކުރާ އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާގޮތުގައި ބިންހެލުން އައީ މެގްނެޓިއުޓް 6.8 ގެ ބާރުމިނުގައި ނިއުޒިލޭންޑްގެ ކަމާޑެކް އައިލެންޑްސް ކައިރިން ބިމުގެ 10 ކިލޯމީޓަރު އަޑިއަށެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ދީފައިނުވާއިރު މި ހަފްތާ ފާހަގަ ކުރެވެނީ ދުނިޔޭގެ އެކި ހިސާބުތަކަށް ބިންހެލުން އައުން ގިނަ ހަފްތާއެއްގެ ގޮތުގައެވެ.

މީގެ ދެދުވަސް ކުރިން ވެސް ވަނީ ނިއުޒިލޭންޑް އަށް 7.2 ބާރުގަދަ ބިންހެލުމެއް އައިސްފައެވެ.

ކުއްލި ގޮތަކަށް މިފަދަ ލޮޅުންތަކެއް ދުނިޔެ އަށް އަންނަން ފަށާފައިވާއިރު ބިންހެލުންތަށް އަންނަމުންދާ ސަރަހައްދުތަކުގެ ތެރޭގައި ސޮލޮމަން އައިލެންޑްސް, ޖަޕާން , ނިއުޒިލޭންޑް , އިންޑޮނޭޝިއާ, އާޖެންޓީނާ ހިމެނެއެވެ.

މި އަހަރުގެ މިހތަނަށް އައި އެންމެ ބާރުގަދަ ބިންހެލުން ރިކޯޑް ކުރެވިފައިވަނީ ޗިލީ އަށެވެ. އެއީ 8.0 ގެ ބާރުމިނުގައެވެ.

ފަހުގެ ތާރިހެއްގައި ދުނިޔެ ދެކުނު އެންމެ ބާރުގަދަ ބިންހެލުމަކީ 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމެވެ. މިއީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ދުނިޔޭގެ ހިގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު