މިސްރުގެ ޑިމޮކްރަޓިކް ރައީސް މުހައްމަދު މުރުސީ ވަނީ މިސްރު ސަރުކާރުން ގަސްދުގައި އަވަހާރަކޮށްލާފައި ކަމަށާއި، އެކަމުގެ ފުރިހަމަ ޒިންމާ މިސްރުގެ މިހާރުގެ ރައީސް އަބްދުލްފައްތާހު އަލް ސީސީ ނަންގަވަން ޖެހޭނެ ކަމަށް މުރުސީގެ ދަރިކަލުން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މުރުސީ އަވަހާރަކޮށްލުމުގައި ބައިވެރިވި މީހުން ކަމަށް ބުނެ ސީސީގެ އިތުރުން މިސްރުގެ އިސްވެރިންތަކެއްގެ ނަންފުޅު ވެސް އަބްދުﷲ ވަނީ އާއްމު ކުރައްވާފައެވެ. އަބްދުﷲ ވިދާޅުވާ ގޮތުގައި މި ލިސްޓްގައި ހިމެނޭ ބޭފުޅުންނަކީ ސީސީއާއި އެކު މުރުސީ އަވަހާރަކޮށްލުމުގައި ބައިވެރި މީހުންނެވެ.

ލިސްޓްގައި ހިމެނެނީ މިސްރުގެ ކުރީގެ އިންޓީރިއާ މިނިސްޓަރު މަހްމޫދު ތައުފީގާއި، މަގުދީ އަބްދުލް ޣައްފާރާއި، މުރުސީގެ މައްސަލަ ބެލުމުގައި ބައިވެރިވި ތިން ފަނޑިޔާރުން ކަމަށްވާ ޝިރިން ފަހުމީއާއި، ޝާބަން އަލް-ޝާމީއާއި، އަހްމަދު ޞަބްރީއާއި، އެޓާނީ ޖެނެރަލް ނަބީލް ސީދަކްގެ އިތުރުން އިންޓެލިޖެންސްގެ ވެރިޔާ އައްބާސް ކަމާލެވެ.

މުރުސީގެ މަރަކީ ގުދުރަތީ މަރެއް ނޫންކަމަށާއި، މުރުސީ ވަނީ ގަސްދުގައި އަވަހާރަކޮށްލާފައި ކަމަށް ތުރުކީގެ ރައީސް ޠައްޔިބު އުރުދުގާން ވެސް ވަނީ ވިދާޅުވެފައެވެ.

މިސްރުގައި މިހާތަނަށް ބޭއްވި ހަމައެކަނި ޑިމޮކްރަޓިކް އިންތިޚާބު ކާމިޔާބު ކުރައްވައިގެން މުރުސީ މިސްރުގެ ވެރިކަމަށް ވަޑައިގެންނެވީ 2012 ވަނަ އަހަރުއެވެ. ނަމަވެސް 2013 ވަނަ އަހަރު އޭރު ސިފައިންގެ ވެރިޔާގެ މަގާމުގައި ހުންނެވި ސީސީ ގެނައި ބަޣާވާތެއްގައި މުރުސީ ހައްޔަރުކޮށް އެތައް މައްސަލައެއް އުފަން ކުރުވައިގެން މުރުސީގެ މައްޗަށް ޙުކުމްތައް އިއްވާފައިވެއެވެ.

މުރުސީ އަވަހާރަވީ މިދިޔަ ހޯމަ ދުވަހު ކޯޓުގައި ހުންނަވަނިކޮށް ކުއްލިއަކަށް ވެއްޓިވަޑައިގެންނެވިތާ އިރުކޮޅެއް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޚާޗުސް

  މުރުސީގެ ދަރިކަލުން ނެރުއްވި ލިސްޓްގެ އެއީ މާރަންގަޅު ކަމެއްހެން ހިޔެއް ނުވޭ މުރުސީގެ ދަރިކަލުން އެކްސިޑެންޓެއްގައި އަވަހާރަވުން އެއީ ވުން ގާތްކަމެއް ކަންނޭންގެ

  1
  19
 2. ޖަހާންގީރު

  ޚާޗުސް ، ބުނަން ރަނގަޅު ވާހަކައެއް '' ވަޅު ކައްޓަފުޅި ދާންޏަކަށް ނުސިހޭނެ '' !

  14
 3. އަބޯ

  މުރަސީ ވެރިކަން ހޯދުމަށް މަގު ފަހި ކުރުވީ ވެސް ބަގާވާތެއްގެނެސް ހުސްނީ މުބާރަކު މަގާމުން ވަކިކޮށްފަ . އެބަގާވާތުގެ މުގުލުގާ ހުނނެވީ އެކަކު އެއީ ތިޔަ މުރުސި އަކީ ވީމާ ބަގާވާތުން ހޯދާ ވެރިކަން ވެއްޓޭނީ ވެސް ބަގާވާތުން

  3
  22
  • ދޮންބެ

   އަބޯ އަށް ބުނެލަން ބޭނުން ދެވާހަކައެއް އެބައޮތް.
   1 ފުރަތަމަކަމަކީ ބަގާވާތެއް ނޫން ކިޔަނީކީ. ބަޣާވާތް ކިޔަނީ. އެހެންވީމަ ބަޣާވާތް ލިޔަން/ކިޔަން ފުރަތަމަކަމަކަށް ދަސްކުރަން އެބަޖެހޭ.
   2 ދެވަނަކަމަކީ މުރުސީއަކީ މިސްރުގެ ފުރަތަަމަ ޑިމޮކްރެޓިކް ރައީސްކަމަށް މުރުސީ އާ ދެކޮޅު ހުޅަނގާއި އެމެރިކާވެސް ހިމެނޭގޮތުން މުޅި ދުނިޔެވެސް ގަބޫލުކުރޭ. ކަލޭކަހަލަ ލިޔަންކިޔަން ނުދަންނަ މީހަކު ތިހެން ބުނުމަކީ ހަޤީޤަތް ބަދަލުވާނެކަމެއްނޫން.

   12
   1
   • ނަބާ

    ދޮންބެ ބުނީ ރަނގަޅަށް ފުރަތަމަ ލިޔަން ކިޔަން ދަސްކުރޭ !! މުރުސީ ކަހަލަ އިސްލާމީ ލީޑަރެއް މިއޮތް ޒަމާނުގައި ލިބުމަކީ ނާދިރު ކަމެއް!! ނިކަން މުރުސީގެ ހަޔާތްޕުޅުން މިސާލު ނަންގަވާ!! އެއީ އިސްލާމީ ލީޑަރުންނަކީ !!