08:36

ސުނާމީއެއް އުފެދުމުގެ ފުރުސަތެއް ނެތް ކަމަށް އިންޑޮނޭޝިއާ އިން ވެސް ބުނެފި.

08:29

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވެސް ބުނީ އިންޑޮނޭޝިއާ އަށް އައި ބިންހެލުމުގެ ސަބަބުން ގެއްލުން ބޮޑު ސުނާމީއެއް އުފެދުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް.

08:23

އިންޑޮނޭޝިއާ އަށް އައި ބިންހެލުމުގެ ސަބަބުން އެއްވެސް ތަނަކަށް، އަދި މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވޭ.

08:22

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި މިއަދު އިންޑޮނޭޝިއާ އަށް ބިންހެލުން އައީ ބިމުގެ 136 މޭލުގެ އަޑިއަށް.

08:21

މިއަދު ހެނދުނު ބާރުގަދަ ބިންހެލުން އައުމުގެ ކުރިން އިންޑޮނޭޝިއާ އަށް ވަނީ ގާތްގާތުގައި ނުވަ ބިންހެލުމެއް އައިސްފައި. އެބިންހެލުންތަކުގެ ތެރެއިން އަބެޕޫރާ ސަރަހައްދަށް ވަނީ އަށް ބިންހެލުމެއް އައިސްފައި. އެބިންހެލުންތަކުގެ ބާރުމިން ހުރީ 4.7 މެގްނެޓިއުޑާއި 6.1 މެގްނެޓިއުޑާއި ދެމެދު. ނުވަ ވަނަ ބިންހެލުން އައީ 4.5 މެގްނެޓިއުޑްގެ ބާރުމިނުގައި ކަސިގޫސޫ އަށް.

08:18

އިންޑޮނޭޝިއާ އަށް އައި ބިންހެލުމުގެ ބާރުމިން 7.5 މެގްނެޑިއުޑަށް މައްޗަށް ޖައްސައިފި.

08:17

އިންޑޮނޭޝިއާ އަށް އައި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިދާނެ ކަމުގެ ނުރައްކަލެއް ނެތް ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނޭ.

އިންޑޮނޭޝިއާގެ ޓެނިބާރ އައިލެންޑްސް އަށް 7.2 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ އިންޑޮނޭޝިއާ އަށް ބިންހެލުން އައިސްފައި ވަނީ ރާއްޖޭގެ ގަޑިން މިއަދު ހެނދުނު 07:53 ގައި ކަމަށެވެ. ބިންހެލުން އައިސްފައި ވަނީ އައްޑޫ ސިޓީ އާއި 6269 ކިލޯމީޓަރު ދުރަށް ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު