އީރާނު ވުޖޫދުން ފޮހެލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ދީފިއެވެ.
އީރާނަށް އަމާޒުކޮށް ކުރި ޓްވީޓެއްގައި ޓްރަންޕް ބުނެފައިވަނީ އީރާނަށް ނަގައިނެވޭނީ ބާރާއި ނުފޫޒުން ކަމަށެވެ.
ޓްރަންޕްގެ އެެ ޓްވީޓުން ޓްރަންޕް ބޭނުންވަނީ އެމީހުންނަށް މި ބާރު ދައްކާލުމަށްކަން އޭނާގެ ޓްވީޓުން ހާމަވެއެވެ. އަދި އެމެރިކާއަށް އެއްވެސް ވަރެއްގެ ހަމަލާއެއްދީފިނަމަ "ބާރުގަދަ އަރައިނުގަނެވޭނެ ފަދަ ބާރަކާއެކު" ހަމަލާދީ އީރާން ވުޖޫދުން ފޮހެލާނެކަމަށް ޓްރަންޕް ވަނީ އިންޒާރު ދީފައެވެ.
އީރާން އަކީ ވަރަށް ބޯހަރު ގައުމެއްކަމަށާއި އެމެރިކާއަށް ބަސްބުނަނީ އެމީހުންނަށް ހަގީގަތް ނަގައިނުގަނެވޭތީ ކަމަށްވެސް ޓްރަންޕްގެ ޓްވީޓްގައިވެއެވެ. އަދި ޓްރަންޕް ވަނީ މީގެ ކުރިން އީރާނާއި މެދު "ހިތްމަޑު" ކަމެއް ގެންގުޅުނުކަމަށް އޭނާ ދެކޭ ޖިމް ކެރީ އާއި އޮބާމާގެ ގޮތްތައް ބޭނުންނުވާކަމަށްވެސް ލިޔެފައެވެ.
ޓްރަންޕް މިގޮތަށް ޓްވީޓްކޮށްފައިވާއިރު އީރާން އާއި އެމެރިކާއާއި ދެމެދު މައްސަލަ ހޫނުވެ ބޮޑު ހަމަނުޖެހުމެއްގެ ކޮޅުމަތި ވަނީ ފެންނަން ފަށާފައެވެ. މިޓްވީޓަކީ ދާދިފަހުން އީރާނުން އެމެރިކާއާއި އެ ދެގައުމު ދޭތެރޭގައި ޑިޕްލޮމެޓިކް ގުޅުން ދާއިމީގޮތެއްގައި ނެތިގެންދިޔަކަމަށް އީރާނުން އިއުލާނުކުރުމުން އެކަމަށް ޓްރަންޕް ދީފައިވާ ހަރުކަށި ރައްދެކެވެ.
ތަފްސީލް އަންނަނީ...
ޓްރަޕު ކަލެޔާ ހަވާލުކުރީ އެމެރިކާ މީހުންނަށް ހިދުމަތް ކުރަން
سبحان الله
ކަލެއަށް ވުރެމާ ބާރުގަދަވެރިން ނިމިގެން ދިޔަގޮތް ކަލެޔަށް ނޭގުނީ ކަލޭގެ ޖަހިލުކަމުންނެވެ ކަލެއަށްވުރެ މާ ބާރުގަދަ ފަރާތެއް މުސްލިމުންނާއެކު ވޮޑިގެން ވެއެވެ
ޓުރަމްޕުގެކިބުރުވެރިކަމާއި ބޮޑާކަމާއި ބޯހަރުކަމާއި ވެރިކަމަށް ކުފޫހަމަނުވާކަން މިއިންދޭހަވަނީ .. އިރާދަކުރެއްވިއްޔާ ދާދިއަވަހަށް މިކަލޭގެނެތިފަނާވެގެންހިނގައިދާނެ ..
މުސްލިމް އުންމަތުގައި ހިންގާ ހުރިހާ ޖަރީމާއެއްގެ އަޑީގައިވާ އީރާނުގެ ވެރިން ނިކަމެތި ކުރައްވާށި!
ސައުދީ ވައްހާބީ މުއްލާއިން
އެމެރިކާ އާއި އިރާންނަކީ ވެސް ވުޖޫދުން ފޮހެލަންވެފައި އޮތް ދެގައުމު. ތި ގެދައުމުން މުސްލިމުންނަށް ދޭ އަނިޔާ ހައްދުން ނައްޓާފަ
އިރާދަކުރެއްވިއްޔާ ތިކަމެއްނުވާނެ ޓުރަންޕު ޓައްޕައްއެރި އޮވޭ
ކަލެއަށް ވެރިކަން ލިބުމަކީ އެމެރިކާ ވެއްޓުމުގެ ކޮޅުމަތި.
އެމް.ޑީ.ޕީ ވުޖޫދުންވެސް ފޮހެލާނެކަމަށް މިރާއްޖޭގެ މީހަކުވެސް ބުނި ! ތިޔަ ޓްރަމްޕަށް ޖެހޭނީ ކޮންފަދަ ދަތުރެއްކަންވެސް ނޭގެ !
އަހަރެމެން މިތިބެނީ އެމެރިކާ ފުޑާލާނެ ބަޔަކުގެ އިންތިޒާރުގައި..
އީރާން ބަލިވާނެ ހަގުރާމަ ފަށާފިއްޔަ
އެމެރިކާ އާއި ނޭޓޯގެ ޒަމާނީ ބިޔަ ލަޝްކަރުތަކުން އަފްގާނިސްތާނުގައި ތާލިބާނުންނާއި ހަނގުރާމަ ކުރާތާ މިހާރު 20 އަހަރު ވެއްޖެ. އަދިވެސް އެމެރިކާޅުންގެ ފިނޑިންތަކަށް އެއުޅެނީ އާދައިގެ ހަތިޔާރާއި އެކީ ތިބި ތާލިބާނުންގެ އެމަދު މީސްކޮޅު ބަލި ނުކުރެވިގެން. އެމެރިކާގެ މާލިއްޔަތުން ކޮންމެ ދުވަހަކަށް ބެލި ނަަމަވެސް އެންމެ ބޮޑު ޚަރަދެއް ދަނީ މި އަފްގާނިސްތާނުގަ އެކުރަމުންދާ ހަނގުރާމަ އަށް. މިއީ ކުޑަ އަޖާއިބެެއް ނޫން ދެއްތޯ!
އީރާން ބަލިވާނެ ހަގުރާމަ ފަށާފިއްޔަ
ނިމުނީ ޓްރަމްޕް އީރާނާވީ ކޮޅަށް ބަލައިލިޔަސް! އަހަރެމެން އުކާނީ ބޮޑެތި ގާބުރި އެމެރިކާއަށް!
އީރާން ވުޖޫދުން ފޮހެލުމުގެ ބާރު ޓްރަމްޕަކަށް އަދި އެމެރިކާ އަށް ވެސް ލިބިގެން ނުވޭ.