އީރާނާއެކު އެމެރިކާ ހަގުރާމައަކަށް ދާން ތާއީދު ކުރަނީ އެގައުމުގެ 5 އިންސަތަ ރައްޔިތުން ކަމަށް ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފިއެވެ.

އެމެރިކާއާ އީރާނުގެ ގުޅުން މިއިން ޒަމާނަކު ގޯސް ނުވާ މިންވަރަށް ގޯސްވެފައިވާއިރު އެމެރިކާގެ ދަ ހިލް ހެރިސް ސާވޭއިން ކުރިއަށް ގެންދިޔަ ޕޯލް އިން ދައްކާގޮތުގައި ވޯޓް ލީ މީހުންގެ 95 އިންސައްތަ މީހުން ބޭނުންވަނީ އީރާން އަދި އެމެރިކާގެ މަައްސަލަ އަށް ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެކެވެ. އަދި 5 އިންސަތަ މީހުން ބޭނުންވަނީ ހަނގުރާމައަކަށް ދާށެވެ.

މި ޕޯލް ކުރިއަށް ގެންގޮސްފައިވަނީ މި މަހު 20 އިން 23 ގެ ނިޔަލަށެވެ. ރިޕޯޓްތައް ބުނާގޮތުގައި އެމެރިކާ ރައްޔިތުންގެ ބޮޑު މެޖޯރިޓީއެއް އީރާނާއި ދެކޮޅަށް އެމެރިކާ ހަގުރާމަ އިއުލާން ކުރުމާ ދެކޮޅު ހަދަނީ އިރާގަށް ވެގެން ދިޔަ ގޮތް އެނގޭތީ ކަމަށެވެ.

އިރާނާ އެމެރިކާ ވަރުގަދަ ހަގުރަމާއަކަށް ނިކުމެއްޖެ ނަމަ ދެ ގައުމަށް ވެސް ބޮޑެތި ގެއްލުން ތަކެއް ވާނެއެވެ.

އެމެރިކާއިން ވެސް ވަނީ އީރާނުގެ ނުރައްކާ ބޮޑުވެއްޖެ ކަމަށް ބުނެ ގަލްފް ކަނޑަށް މަނަވަރުތަށް ފޮނުވާފައެވެ. އީރާނުން ބުނެފައި ވަނީ ގަލްފް ސަރަހައްދުގައި އެމެރިކާއިން ސްޓޭޝަން ކޮށްފައިވާ މަނަވަރުތަކާއި، އެހެނިހެން މިލިޓަރީ އެއްޗެއްސަކީ އީރާނަށް ވާސިލްވެވޭ ހިސާބުގައި ހުރި އެއްޗެހި ކަމަށާއި، އެމެރިކާއިން އެންމެ ގޯހެއް ހެދިޔަސް އޭގެ ބަދަލު ދޭނެ ކަމަށެވެ.

އީރާނުން ދާދި ފަހުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދަށް ވަން އެމެރިކާގެ ޑްރޯން އެއްވެސް ވައްޓާލާފައެވެ. މި ހަމަލާގެ ރައްދުގައި އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އީރާނަށް ހަމަލާދިނުމަށް ހުއްދަ ދިނުމަށް ފަހު އެނިންމުން ފަހުން ބަދަލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ﷲ އަކްބަރް

    އެމެރިކާ ރައްޔިތުން ބޭނުން ނުވިއަސް އެގައުމު ހައިޖެކް ކޮއްގެން އުޅެނީ ކޮން ބައެއްކަން ވަރަށް ސާފު..