ޕާކިސްތާނުގައި ވަގުތުން ކުރިއަށް ދިޔަ ޕްރޮގްރާމެއްގައި ނޫސްވެރިއެއްގެ ގަޔަށް އަތްލައިފިއެވެ.

.ނޫސްވެރިޔާ އިމްތިޔާޒް ޚާން އަށް ހަމަލާދީފައިވަނީ ޕާކިސްތަާނުގެ ވެރިކަންކުރާ ޕާޓީ، ޕާކިސްތާން ތެހެރީކޭ އިންސާފު (ޕީ.ޓީ.އައި) ގެ ލީޑަރެއްކަމަށްވާ މަސްރޫރުގެ ޢަލީ ސިޔާލް އެވެ.

މި ހިނގާދިޔަ އަރައިރުން ފެށުނީ ސިޔާސީ ލައިވް ޓީވީ ގައި ކުރިއަށް ދިޔަ ސިޔާސީ ބަހުސަކުންނެވެ.

މަސްރޫރު ވަނީ އިމްތިޔާޒް ބިންމައްޗަށް ވައްޓާލާ ގޮށްމުށުން ތަޅާ ހަދާފައެވެ. ހިނގައިމިދިޔަ އަރައިރުން ހުއްޓުނީ އެތަނުގައި ތިބި އެހެންމީހުން މިދެމީހުން ދުރުކުރުމަށް މަސައްކަތްކުރުމުންނެވެ

މިކަމާއި ގުޅިގެން ނޫސްވެރިންވަނީ ޓްވިޓަރ ގައި ޕީ.ޓީ.އައި އަށް ވަރަށް ފާޑުކިޔާފައެވެ. އެގޮތުން ފްރީލާންސް ޖާނަލިސްޓް ނާއިލާ އިނާޔަތުވަނީ މި ހާދިސާ ހިނގި ވީޑިޔޯ އާއެކު މިއީ އާ ޕާކިސްތާނުތޯ ސުވާލުއުފައްދާ ޓްވީޓްކޮށްފައެވެ.

ހަމަލާދެވުނު ނޫސްވެރިޔާއަކީ ކަރާޗީ ނިއުސް ކުލަބުގެ ރައީސްވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު