މީގެ 8 އަހަރު ފަހުން ދުނިޔޭގެ އެންމެ ބޮޑު އެއް އާބާދީއެއް އޮންނަ ޤައުމަކަށް އިންޑިއާ ވެގެން ދާނެކަމަށް އ.ދ އިން ބުނެފިއެވެ.

އ.ދ އިން ނެރުނު މިއަހަރުގެ ވޯލްޑް ޕޮޕިއުލޭޝަން ޕްރޮސްޕެކްޓްސް ރިޕޯޓްގައި ބުނި ގޮތުގައި އިންޑިއާގެ އާބާދީ މިހާރު އިތުރުވަމުން އަންނަ ރޭޓުގައި އިތުރުވަމުން ދާނަމަ 2027 ގައި ޗައިނާ ފަހަތަށް ޖައްސާލައި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމަކަށް އިންޑިއާ ވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން މި އަހަރާއި 2050 އާ ދޭތެރޭ ދުނިޔޭގެ 55 ގައުމެއްގެ އާބާދީ އަށް 1 އިންސަތަ ދަށްވުމެއް އަންނާނެ ކަމަށާއި އަދި ޗައިނާގެ އާބާދީގެ ނިސްބަތަށް 2.2 އިންސައްތަ 31.4 މިލިއަންގެ ދަށްވުމެއް އަންނާނެ ކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން ވެސް އޭޝިއާގެ އެންމެ އާބާދީ ބޮޑު އިންޑިއާ އާއި ޗައިނާއަކީ މިހާރު ދުނިޔޭގެ އާބާދީގެ 37 ޕަސަންޓް 2.7 ބިލިއަން ހިއްސާ ކުރާ ދެ ޤައުމެވެ. އިންޑިއާގެ މިހާރުގެ އާބާދީ އަކީ 1.3 ބިލިއަނެވެ. ޗައިނާގެ އާބާދީއަކީ 1.4 ބިލިއަނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވިސްނާ

    ކަންމިހެންވެ ގައުމުގެ ބައެއްރަށްޔިތުން ހިތަށްކެތްނުކުރެވޭ ބިކަހާލުގައި އުޅޭއިރުވެސް މޯޑީ
    ބައްލަވަނީ ހިލޭއެހީގެ ބޮޑުއަދަދެއްގައުމަކަށްދެއްވޭތޯ އެގައުމަކުން މޯޑީއަށް ލަގަބުވެސް އަރުވާ
    ފައިވޭ އެދުމެއްނެތި ވެދުމެއްނުކުރާނޭބުނާބަހުގެ މާނައިންދޭހަވަނީ އަމިއްލަގައުމުގެ ރަށްޔިތުންގެ
    ތެރެއިންބައަކު ބިކަހާލުގައިވެ ޒަރޫރީބޭނުންތައްނުުފުއްދައި ބިކަހާލުަގައިވާ ރަށްޔިތުންހިއްސާވާ
    ފައިސާކޮޅުވެސްހިމަނައިގެން ބޮޑުޢަދަދެއްގެ ހިލޭއެހީ ލަގަބުއެރުވިގައުމަށް މޯޑީ ދެއްވީ އެރުވި
    ލަގަބުގެ ބޭނުމުގައިކަމަށް ބެެލުމުގެ ފުރުސަތުވަރަށްބޮޑު މޯޑީ އިސްވެހުންނަވާ ހިލޭއެހީދެއްވީ
    މޯޑީގެ އަމިއްލަފައިސާއެއްނޫން އެއީ ގައުމުގެ ހުރިހާރަށްޔިތުން ޝާމިލްވާފައިސާ ވީމާ، އެހީދެއްވަންފެންނަނީ އަމިއްލަގައުމުގެ ހާލުގައިޖެހިފައިވާ ފަރާށްތަކުގެ ޒަރޫރީބޭނުންތައްފުއްދަވާ
    އެހެންގައުމަކަށް އެހީތެރިވެވޭފަދަ ހާލެއްގައިވާނަމަ ލަގަބުދެއްވާފަރާތުންވެސްލަގަބު ލިބިލައްވަނީ
    އެލަގަބު ދެއްވުން ހައްގުފަރާތެއްތޯ ބެއްލެވުން ރަގަޅުކަމުގައިދެކެން ބައްލަވަންވީވަރަށް ނުބައްލަވާ ބައެއްކަންތައްކުރައްވާނަމަ އެއީ އަމިއްލައެދުމަށް ކުރެއްވިކަމެއްކަމުގައި ބެލުމުގެ
    ފުރުސަތު ވަރަށްބޮޑު އަދި މޯޑީ ކަންތައްކުރައްވާގޮތަށް އަމިއްލަގައުމުގެރަށްޔިތުންނާމެދުޢަމަލު
    ކުރައްވާފާނެކަމުގައި ދެކުމުގެ ފުރުސަތުބޮޑު މިހެން ނުހައްދަވާނެކަމުގައިހީކުރަން

    1
    1
  2. ވިސްނާ

  3. ޒާ

    ޗައިނާއާއި އާއި ވާދަކޮށް ހުރިހާ ގޮތަކުންވެސް ޗައިނާގެ މައްޗަށް ކުރިހޯދުމަކީ އިންޑިއާގެ ސްޓްރެޓެޖީއެއް. އިންޑިއާއިން އެއަމާޒަށް މަަސައްކަތް ކުރާތާ މިހާރު އެތައް އަހަރެއްވެއްޖެ. އަހަރެން 2008 ގައި އިންޑިއާގެ ދިއްލާގައި ކިޔަވަން ހުރިއިރު އެމީހުން ދޭ ބައެއް ލެކްޗަރ ތަކުގައިވެސް އެކަން ފާހަގަކުރި. އެގޮތުން އާބާދީއާއި ތަރައްގީގައި ޗައިނާ ފަހަތަށް ޖައްސަން އަބަދުވެސް އަމާޒު ހިފާފައި އޮންނަނީ. ނަމަވެސް ހަގީގަތަކީ އިންޑިއާގެ އާބާދީ ޗައިނާއަށް ވުރެން މަތިވިޔަސް ޓެކްނޮލޮޖީއާއި ތަރައްގީއާޢި ތަހުޒީބު ވުމުގައި އެއީ އިންޑިއާއަށް ދުވަހަކުވެސް ޗައިނާ ފަހަތަށް ޖައްސާ ނުލެވޭނެކަން. އިންޑިއާގައި ކަރަޕްޝަން ބޮޑުވުމަކީ އޭގެ އެއް ހެކި. އެގައުމުގެ މީހުންގެ އާބާދީގެ ބޮޑު އިންސައްތައަކަށް އަދިވެސް ވަނީ އެންމެ ޒަރޫރީ ކަންކަން (ފާޚާނާ، ރައްކާތެރި ފެން، ތަޢުލީމު، ސިއްހީ ޚިދުމަތް) ފޯރުކޮށް ނުދެވި. ނާތަހުޒީބު އެތައް ޢަމަލުތަކެއް އިންޑިއާގެ ސަގާފަތުގެ ތެރެއިން ދަނީ ފެންނަމުން. އެގޮތުން ރޭޕް ކުރުމުގައި އަދި އާދަކާދަ ހުންނަގޮތުން ބަލިތައް ފެތުރޭ އެތައްކަމެއް ވަނީ ކަށީގައި ހިފާފައި.

    2
    1
  4. ކޮސް

    ރާއްޖެވެސް ކުރިއަކަށް ނާރާނެ