މާސް އާއި ޖުޕިޓާގެ ކައިރިން ފެނިފައިވާ ގިނިހިލަޔަކުން ރަން ހޯދައިގަނެވިދާނެކަމަށް ސައިންޓިސްޓުން ބުނެފިއެވެ.

ސައިކް 19 ނަމަކަށް ކިޔާ މިގިނި ހިލައިގައި ރަނުގެ އިތުރުން އެހެނިހެންވެސް މައުދަންތައް ހިމެނޭއިރު، އޭގައިވާ ރަނުގެ މިންވަރަކީ ދުނިޔޭގެ ކޮންމެ މީހަކު އެތައް ޓްރިލިޔަން ޑޮލަރަކުން މުއްސަނދިކުރުވާނެ މިންވަރެއްކަމަށްވެސް ރިޕޯޓްތައްބުނެއެވެ.

ސައިންޓިސްޓުންގެ ހޯދުންތައް މިހެން ހުރިކަމުގައިވިޔަސް އެ ގިނިހިލައާއި ހަމައަށް ދިއުމަށް ބޮޑެތި ކަންތައްތަކެއް ރާވަންޖެހޭ ކަމަށާއި އެކަމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާނެކަމަށްވެސް އެމީހުން ބުނެއެވެ.

މިކަމަށް ޚާއްސަ ކުންފުނިތައް މިހާރުވެސް އުފެދިފައިވާއިރު އިނގެރޭސި ވިލާތުގެ އެފަދަ އެއްކުންފުނީގެ ވެރިޔާ ބުނެފައިވަނީ އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރު ނުވަތަ އޮނިގަނޑު ބިނާ ކުރެވިއްޖެނަމަ އޭގެ ބޭނުން ކޮށްގެން މިފަދަ އެތައް ހޯދުމެއް ހޯދާއޭގެ ފައިދާ ލިބި ގަނެވިދާނެކަމުގައެވެ.

ހޯދިފައިވާ މި ގިނިހިލައިގެ އަގުބޮޑުކަމުން އެހޯދައިގަތުމުގެ ވާދަވަނީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ މެދުގައި އުފެދިއެވެ. އެގޮތުން ޗައިނާ ވަނީ ކޮންމެ ހާލެއްގައިވެސް އެހިލަ މިލްކު ކުރާނީ އެމީހުން ކަމުގައި ބުނެފައެވެ. އަދި އެމެރިކާގެ ޖައްވީ އިދާރާ ނާސާއިންވަނީ އެ ގިނިހިލައިން ރަންހޯދުމުގެ މަޝްރޫއު 2022 ވަނަ އަހަރު ފަށަންނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރިހާކުރުކުޑޭ

    މަށަށްތަންކޮޅެއްކުރިން އެއްރެއަކު މައްޗަށްބަލަންއިންދާހީވިއޭ އެހެރަފެންނަތަރީގަ ރަންހުރެދާނެހެންހީވެއޭ؟ މަށަށްހީވީހަމަރަނގަޅައްތާ ..

  2. ފުޅި މަދު ފާޚާނާ

    ޓްރަމްޕްމެން ރަން ނަގާނެތާދޯ......

  3. ރަންރިހި

    ދުނިޔެއިން ފަގީރުކަން ނެތެން ކަން ނޭންގެ ތިއުޅެނީ....

  4. އަލީ

    ރާއްޖެއިން ތި ރަން ގިނިހިލަގަނޑު މިލްކުކުރާނީ?

  5. ކަހެރުވައް

    ކޮންމެވެސް ޖާހިލު ޝޭކެއްގެ އުނގަށް ވެއްޓިއްޖެއްޔާޔޯ؟

    2
    3
    • 《》

      އޭރުން ހަރާމް ވާނެ.

      3
      1
  6. ލޮލް

    ދުނިޔެ ނިމެން ގާތްވެއްޖެ ވާހަކަ ޕާޓީއެއްގެ ރޫހާނީ ލީޑަރު އަދި ސައިންޓިސްޓުން ވެސް ބުނެފައި އޮއްވާ ތިފެނުނު ރަނުގެ މައުދަނު ހިމެނޭ އެ ގިނި ހިލަ އިން ދުވަސްކޮޅަކަށް ވެސް އިންސާނުންނަށް ފަސޭހައެއް ވެއްޖެއްޔާ ކިތަންމެހާ ވެސް ރަގަޅު. ތީގެން ރަން ނެގޭ ގޮތެއް ވީނަމަވެސް ތިވެސް ބަނޑުއަޅައިގެން ބައް ކޮއްގެން އޮންނާނީ އިންސާނުންގެ ތެރެއިން އެންމެ ދަހި މީހުން ކަމުގައި މާތް ﷲ ބަޔާން ކުރައްވާފައިވާ ޔަހޫދީންގެ ތެރެއިން ހިމެނޭ ބައެއް ހެން ހީވަނީ.

  7. އަލްޖިބްރާ

    ތިޔަ ސައިންސް ވެރިން މީގެ ކުރިން ބުނި ކަޑުންވެސް ރަން ލިބިދާނެއޭ ! ވީކަމެއް ހަރާން !

    6
    2
    • ޖާހިލިއްޔަ

      ކަންކަން ހޯދޭނީ ބޮޑު ފޮށާ ގަނޑުން ސަލާމަތްވެފަ ތިބި ބަޔަކަށް. އަލްޖާބިރު އިލްމު ހޯދީ އޭނާގެ އަމިއްލަޔަށްތަ؟ ގުރީކުގައި ތިބި ޔަހޫދީ އިލްމުވެރީންގެ ގާތުންނޭ ބުނަން ލަދުގަންނާނެ.

      2
      2
    • ހުސޭނުބޭ

      ޔަޤީން ލިބޭނެ! ކުޅަދާނަކަން ހުރިއްޔާ ކަނޑުގެ ލޮނުގަނޑު ފިލްޓަރުކުރޭ! އެވަރުން ނުފުދެންޏާ ގޭދޮރުމަތީގައި ދުނިޔޭގެ މަދާ ހިސާބަށް ފުން ވަޅުގަނޑެއް ކޮނެގެން ރަންނަގާ! ދުނިޔޭގެ މެންޓްލްގައި މުޅި ދުނިޔޭގެ ސަތަޙަ 1.5 ފޫޓަށް ފޮރުވޭވަރަށް ރަން ހުރޭ!

  8. ޣހ

    ތިކަހަލަ ރާއްޖެތެރޭ ކޮހަކަށް ނޭނގޭނެ މިކަހަލަ ކަންކަމެއް. މަޖާވެގެން ތިއުޅެނީ އަމިއްލައަށް. ކިރިއާވެސް ވާނުވާ އެނގޭ މީހަކު ވިއްޔާ ކަލޭ ކަހަލަ މީހުންނަށް ޖަހާނީ ޖޯކު.