ނިއުޔޯކްގެ ބްރިޖެއް މަތީގައި ދަން ޖެހެން އުޅުނު މީހަކު ސަލާމަތްކޮށްފިއެވެ.

އެ މީހާ ސަލާމަތްކޮށްފައި ވަނީ ފުލުހެކެވެ. އެ ފުލުސް މީހާ އެ މީހާ ސަލާމަތްކުރުމުން އެތައް ބަަޔަކު ދަނީ އެއީ ހީރޯއެއްކަމަށް ބުނަމުންނެވެ.

އެމީހާ ކަރުދަން ޖެހެން އުޅުނީ 500 ފޫޓު އުސް މިނުގައި ހުރި ރޮބާޓް އެފް. ކެންނެޑޭ ބްރިޖުގައެވެ. އެ ބްރިޖްގެ އެންމެ މައްޗަށް ދަން ޖެހުމަށްކައި އެ މީހާ އަރާ އިންދާ ފެންނައިރު، އެ ފުލުސް މީހާއަށް އެ މީހާ އެތާ މައްޗަށް އަރާ ހުރިތަން ފެނުމުން އެމާޖެންސީ ސާވިސްއަށް ގުޅިއެވެ. އަދި އެކަން ރިޕޯޓްކުރިއެވެ.

އަދި އޭނާއަށްެވެސް އެ މީހާ ސަލާމަތްކުރެވޭނެ ގޮތްތައް ބެލިއެވެ. އަދި އިތުުރެ ގޮތްްގޮތަށް އޭނާއަށް ވިސްނަދީގެންވެސް އެތަނުން ފޭބުވޭނެ ގޮތެއް ބެލިއެވެ.

އެ މީހާ ސަލާމަތް ކުރުމަށް އިތުރު ފުލުހުންވެސް 100 ފީޓް ތިރީގައި އިން ކޯޯރެއް ކައިރީވެސް ތިއްބެވެ. އަދި ހެލިކަޕްޓަރެއް ވެސް އެ މީހާގެ ހަރަކާތް ވަރަށް ގާތުން ދިޔައީ ބަލަމުންނެވެ.

އެ މީހާވަނީ ބްރިޖްގެ ފާރު ބުރި މަތީގައި އިށީންދެ އިދެ ދަންމަޅި ޖަހާފައެވެ. އެހެން ނަަމަވެސް އޭނާއަށް އެހާ ބޮޑު ވަރު ނުވަނީސް އެ ފުލުސް މީހާ ވަނީ އެ މީހާ ސަލާމަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރައްޔިތުމީހާ

    ހާދަ ރީތި ފޮޓޯ އެކޭ ނިއުޔޯކް ބްރިޖުގެ...

    • ހަހަ

      ލިޔުންތެރިޔާ ގިނަ ކިޔުންތެރިން ހޯދަން ކޮއްފައޮތް ކަމެއް

    • މީ

      ކެކެކެކެކެ.......މިގޭ އިންނަ އެފްރިކަން ގްރޭ ޖަހާލާ ކަހަލަ ހިނިގަނޑެއް

  2. މަހޭ

    މަހީކުރީ ޔާމީނުކަމަށް, އަދުރޭބާއޭ ނިހާނުބާއޭވެސް ހިތަށްއެރި, ކީއްތޭ ކުރާނީ ދޯ ދޯ ދޯ

  3. Anonymous

    .ނިވިޔޯކު ބުރިޖު ހާދަރީއްޗޭ